ދަރިވަރުންނަށް ޤިޔާމަތުގެ ވާހަކައާ ޖިހާދުގެ ވާހަކަތައް ކިޔައިދޭންޖެހޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އަހަރީ އިނާމުދިނުމުގެ ޙަފުލާ ޝަރަފްވެރިކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
ސުލައިމާން ވިދާޅުވީ ދިރިއުޅުމުގެ ރީތި މިސާލުތަކާއި މުހިއްމު އަސާސުތައް ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ކަމަށާއި ފެނާއި އަލިފާނުގެ ތަފާތު ދަރިވަރުންނަށް ކިޔައިދޭންޖެހޭ ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސުލައިމާން ވިދާޅުވީ އެކަންތައްތައް ނުކިޔައިދެވުމުގެ ސަބަބުން އޭގެ ނުބައި ނަތީޖާ ފެންނަމުންދާ ކަމަށެވެ. އަދި ތަޢުލީމު ފުޅާވެ ދަރިވަރުންނަށް މަޢުލޫމާތުގެ އެކި ދޮރުތައް ހުޅުވިފައިވާކަމަށެވެ.