2 އަހަރަށްފަހު ޑރ. ޝަހީމް މަސްޖިދު މުޙައްމަދު ތަކުރުފާނުލްޢައުޒަމްގައި އިމާމްވެ ހުކުރު ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
2 އަހަރަށްފަހު ޑރ. ޝަހީމް މަސްޖިދު މުޙައްމަދު ތަކުރުފާނުލްޢައުޒަމްގައި އިމާމްވެ ހުކުރު ކުރައްވައިފި
2 އަހަރު ދުވަހަށްފަހު ކުރީގެ އިސްލާމީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މަސްޖިދު މުޙައްމަދުތަކުރުފާނުލް އަޢުޒަމްގައި އިމާމްވެ މިއަދު ހުކުރު ކުރައްވައިފިއެވެ.

އަމިއްލަ ފުޅަށް ޚުޠުބާ ވިދާޅުވާ އަދި ގިނަ އަދަދެއްގެ ޚުޠުބާ ލިޔުއްވާފައިވާ ޑރ. ޝަހީމް މިއަދު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ލިޔެ ޢާންމުކޮށްފައިވާ ޚުޠުބާއެވެ.

މިއަދުގެ ޚުޠުބާގައި ޑރ. ޝަހީމް ވަނީ ޔަހޫދިން މަސްޖިދުލްއަޤްޞާ އަސީރުކޮށް މުސްލިމުންނަށް ކުރަމުންގެންދާ ދުއްތުރާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ. އަދި ޔަހޫދީންގެ އަނިޔާވެރިކަމުން މަސްޖިދުލްއަޤްޞާ އާއި މުސްލިމް އުންމަތް ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރައްވައިފައެވެ.

ޑރ. ޝަހީމް އަކީ ޚުޠުބާ ވިދާޅުވުމާއި އިމާމުވެ ނަމާދުކުރެއްވުމުގައި ރާއްޖޭގެ "ރަންތަރި" ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެހެންކަމުން ޑރ. ޝަހީމް އިމާމްވެ ހުކުރު ކުރައްވާނަމަ އެމަނިކުފާނު ޚުޠުބާ ވިދާޅުވާ އަޑު އެހުމަށް ގިނަ ބައަކު ޝައުޤުވެރިވެއެވެ.

އިސްލާމިކް މިނިސްޓަރުކަމުގައި ހުންނަވައިގެންވެސް އަދި އެއިގެ ފަހުންވެސް ޑރ. ޝަހީމް ގެންދަވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައި އިމާމްވެ ތަރާވީސް ނަމާދުކޮށްދެއްވަމުންނެވެ. ޑރ. ޝަހީމްގެ ފަހަތްޕުޅުގައި ދަމުނަމާދުކުރަން ގިނަ އަދަދެއްގެ ބައަކު މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގައި ދަމު ނަމާދުކުރަން ގިނަ ބައަކު އެމިސްކިތަށް ދެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ބައެއް ރޭތަކުގައި މިސްކިތް ފުރުނުކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.
މިއަދު އޮންލައިން