އައިސީސީ ވިމެންސް ވަރލްޑް ކަޕް ކްރިކެޓް 2017 ގެ ފައިނަލު މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެއެވެ.
މާދަމާ ކުޅުމަށް ތާވަލުކޮށްފައިވާ މި މެޗުގައި މިފަހަރު ބައްދަލު ކުރަނީ އިނގިރޭސި ވިލާތާއި އިންޑިއާއެވެ.
މިއީ މި މުބާރާތުގެ ފައިނަލް މެޗުގެ ޓިކެޓް ވިކި ހުސްވި ފުރަތަމަ ފަހަރެވެ. ގާތްގަޑަކަށް 27,000 މީހުންގެ ޖާގައިގެ ސްޓޭޑިއަމަށް ވަނުމަށް ހުރިހާ ޓިކެޓެއް ވިކިހުސްވެފައިވާ އިރު، ދުނިޔޭގެ އެކިކަންކޮޅުތަކުން ޓީވީ މެދުވެރިކޮށް އެތައްމިލިއަން މީހުން ބަލާނެއެވެ.