އައިސީސީ ވަރލްޑް ކަޕް ވިމެން ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑް ހޯދައިފި

ކިޔުމަށް ހޭދަވާނީ 41ސ
އައިސީސީ ވަރލްޑް ކަޕް ވިމެން ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑް ހޯދައިފި
އައިސީސީ ވަރލްޑް ކަޕް ވިމެން ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން އިންގްލެންޑް ހޯދައިފިއެވެ.

އިންގްލެންޑުން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިއާ އާއިވާދަކޮށް 9 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ފުރަތަމަ ކުޅެންއެރީ އިންގްލެންޑުންނެވެ. އެޓީމު ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި 7 ވިކެޓަށް 228 ލަނޑު ވަނ ހަދާފައެވެ.

ޖަވާބުގައި ކުޅެން އިންޑިއާ އިން ކުޅެން އަރާ 48.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 219 ލަނޑެވެ.

މި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ އިންގްލެންޑުގެ ޓެމީ ބޭމޮންޓްއެވެ. އަދި ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީވެސް އިންގްލެންޑުގެ ކުޅުންތެރިއެއް ކަމަށްވާ އަންޔާ ޝުރުބްސޯލްއެވެ.

މިއަދު އޮންލައިން