އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފި
އިދިކޮޅު ފަރާތްތަކުން ބާއްވަމުން ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް މިރޭ މ. ކުނޫޒުގައި ބާއްވަން ނިންމައިފިއެވެ.

ދާދި ދެންމެ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވަނީ ވީހައި ގިނަ ބައަކު ބައްދަލުވުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.

މަޚްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައިވާ 4 މެންބަރުންގެ މައްސަލަ ސްޕްރީމް ކޯޓަށް ބަލައިގަންނަން އެކޯޓުން ނިންމުމަކީ އަދި އެދާއިރާތަކުގެ ބައި އިލެކްޝަނުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދަން ސްޕްރީމް ކޯޓުން ނިންމުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.
މިއަދު އޮންލައިން