ޗެލްސީއަށް ކުޅެމުން އައި އިތުބާރު މިޑްފީލްޑަރު ނެމަންޔާ މަޓިޗް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
މަޓިޗް، ޔުނައިޓެޑަށް ބަދަލުވެފައިވަނީ 3 އަހަރުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޕައުންޑްގެ އަގަކަށެވެ.
މިހާރު އުމުރުން 28 އަހަރުގެ ތަޖުރިބާކާރު މިޑްފީލްޑަރ މަޓިޗް ޔުނައިޓެޑަށް ބަދަލުވުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ބުނީ، ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯއާއެކު މަސައްކަތް ކުރަން ދެވަފަހަރަށްވެސް ފުރުސަތު ލިބުމަކީ ލިބުނު އުފަލެއްކަމަށާއި އެހެންކަމުން މިފަދަ ފުރުސަތެއްދޫކޮށްލެވެންނެއްކަމަށެވެ. އަދިމޮރީނިއޯއަކީމޮޅުކޯޗެއްކަމަށާއިއަދިއެހާމެކާމިޔާބުވެސްކޮޗެއްކަމުގައިއޭނާބުންޏެވެ.
" މިކަހަލަ ފުރސަތަކީ މަދުން ނޫނީ ލިބޭނެ ފުރުސަތެއް ނޫން. މީ އަހަރެންނަށް މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެން ލިބޭ ދެވަނަ ފުރުސަތު އެހެން ކަމުން މި ފުރުސަތު ލިބުމުން އުފާވޭ އަދި ކާމިޔާބީތަކެއްވެސް ހޯދޭނެ ކަމުގެ އުންމީދު ބޮޑު." މަޓިޗް ބުންޏެވެ.
ޗެލްސީން މަޓިޗް ވިއްކާލާފައިވާއިރު، އޭނާ ނެތްތަން ފޫބައްދަން އެ ކްލަބުން ވަނީ، މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ ގެނެސްފައެވެ.
މަޓިޗް ވެގެންގޮސްފައިވަނީ، މިފަހަރުގެ ޓްރާންސްފާ މާކެޓުގައި. ޔުނައިޓެޑަށް ގެނައި ތިންވަނަ ކުޅުންތެރިއާއަށެވެ. މީގެކުރިން ޔުނައިޓެޑަށް ވަނީ ބެންފީކާއަށް ކުޅެމުން އައި، ސްވިޑެންގެ އުއްމީދީ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް އާއި، އެވަޓަންއަށް ކުޅެމުން އައި އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫ ގެނެސްފައެވެ.
މިދިޔަ ސީޒަނުގައި ޗެލްސީން ލީގު ކާމިޔަބުކުރިއިރު މަޓިޗް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މަޓިޗް ވަނީ ނިމިގެން ދިޔަ ސީޒަނުގައި ޗެލްސީއަށް 40 މެޗު ކުޅެދީފައެވެ. އޭނާ ވަނީ އެ ކްލަބުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި، ޕްރިމިއަރ ލީގު ދެ ފަހަރު އަދި އެފްއޭކަޕެއް ކާމިޔާބުކޮށްފައެވެ.