ޓެކްސް އަށް މަކަރުހަދާ އޮޅުވާލިކަމަށް ބުނެ ރޮނާލްޑޯގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކޮށްފިއެވެ.
ސްޕެއިންގެ ޓެކްސް އޭޖެންސީ އިން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ބިނާކޮށް ސްޕެއިނުގެ ޕްރޮސެކިއުޓާއިން ވަނީ 14.7 މިލިއަން ޔޫރޯގެ ޓެކްސްއަށް ރޮނާލްޑޯ މަކަރުހަދާފައިވާކަމަށް ބުނެ މައްސަލަ އެއް ފެންމަތި ކޮށްފައިވާއިރު މިދައުވާގެ ފުރަތަމަ އަޑުއެހުމުގައި ރޮނާލްޑޯގެ ފަރާތުން ކޯޓަށް ވަނީ ބަޔާނެއްވެސް ހުށަހަޅާފައެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން ސްޕެއިންގެ ޓެކްސް އޭޖެންސީއިން ރިނާލްޑޯގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ބޭއިންސާފުން ކޮސްފައިވާ ދައުވާއެއް ކަމަށް ވަނީ ބުނެފައެވެ. އަދި މިހާތަނަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުދައްކާ ނޯންނާނެ ކަމަށާއި އެއީ ދޮގު ތުހުމަތުތަކެއް ކަމުގައިވެސް މި ބަޔާނުގައިވެއެވެ.
އަދި މިކަމާ ގުޅިގެން މީގެ ކުރިން ރޮނާލްޑޯ ނެރުނު ބަޔާނުގައި ވެސް މިކަން ދޮގުކޮށްފައިވެއެވެ. އޭނާ ނެރުނު މި ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ ކުންފުނި ޓްރޮލިންއަކީ، މަކަރުހަދާ އޮޅުވާލުމަށް އުފައްދާފައިވާ ކުންފުންޏެއް ނޫން ކަމަށާއި، އެކުންފުންޏަކީ މާ ކުރިން ވެސް އޭނާގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށެވެ. އަދި އެއްވެސް ކުންފުންޏެއް މެދުވެރިކޮށް އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ނަމަވެސްދާދިފަހުންސްޕެއިންގެޕްރޮސެކިއުޓާއިންނެރުނުބަޔާނެއްގައިބުނެފައިވަނީ،ރޮނާލްޑޯގެއިމޭޖްރައިޓްސްއަށްލިބޭއާމްދަނީސިއްރުކުރުމުގެގޮތުން، 2010 ވަނައަހަރުއޭނާވިޔަފާރިތަކެއްއުފައްދާފައިވާކަމަށެވެ.
ޓެކްސްގެ މި ތުހުމަތުތަކާ ގުޅިގެންއެކަމާހިތްހަމަނުޖެހިގެންއެންމެފަހުންސްޕެއިންދޫކޮށްދިއުމަށްރޮނާލްޑޯނިންމާފައިވާކަމަށްޕޯޗުގަލްގެމީޑިއާތަކުންމީގެކުރިންވަނީއަޑުފަތުރާފައެވެ.
އެހެންނަމަވެސްމިކަމާރޮނާލްޑޯބުނެފައިވަނީއޭނާރެއާލްދޫކޮށްލަންނުބުނާކަމަށެވެ. އަދި އެކަމާ ނުވެސް ވިސްނާކަމަށް އޭނާ ވަނީ ބުނެފަައެވެ. އެގޮތުން ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ރޮނާލްޑޯ ވަނީ ދާދި ފަހުން ދީފައެވެ.
ރޮނާލްޑޯގެ އިތުރުން ލިއޮނެލް މެސީގެ މައްޗަށް ވެސް ވަނީ ދާދި ފަހުން 4.1 މިލިއަން ޔޫރޯގެ ޓެކްސްއަށް މަކަރުހަދާފައިވާ ކަމަށް ބުނާ މައްސަލައެއް ސާބިތުވެފައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް 21 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވީނަމަވެސް އެ ޖަލުހުކުމް ވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
ސްޕެއިންގެ ގާނޫނުގައި ވާގޮތުން، ޖޫރިމަނާ ފައިސާ ދައްކައި، އަދި މިނޫން ވެސް ކަންތައްތަކެއް ފުރިހަމަ ކުރުމުން ޕްރޮބޭޝަންގެ މުއްދަތެއް ކަނޑައަޅާނެއެވެ. އަދި މި މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ ޖަލަށް ނުގޮސް ސަލާމަތް ވެވޭނެ އެވެ.