މަޚްލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
މަޚްލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ މަޚްލޫފުގެ ޕާސްޕޯޓު ހިފެހެއްޓީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ޤާނޫނީ ވާޖިބަށް މިދިޔަ ހޯމަ ދުވަހު ހުރަސްއަޅައި ސިފައިންނާ މެދު މަޖިލީހުގެ މެމްބަރުންތަކެއް މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އަދި މަޚްލޫފު ފުުރައިގެން ގޮސްފިނަމަ ތަހުގީގަށް ހުރަސްއެޅި ދާނެތީއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައިވަނީ މަކްލޫފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެއް މަސް ދުވަހަށެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ މަކްލޫފު ފިއްލަވައިގެން ސްރީލަންކާއަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ތުހުމަތުގައެވެ. އަދި އެ ފިޔަވަޅު އެޅުއްވީ ޖާސޫސީ މަޢުލޫމާތުގެ އަލީގައެވެ.

މިއަދު އޮންލައިން