އިންޑއާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޘަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އިންޑއާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޘަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
އިންޑިއާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޘަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެހެން އަހަރުތަކުގައި މި ޙަރަކާތް ކުރިއަށް ގެންދިއައީ ދަރުބާރުގޭގައި ނަމަވެސް މިއަހަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއައީ ބިލަބޮންގ ސްކޫލުގައެވެ. މިނޫންވެސް ބައެއް ބަދަލުތައް ވަނީ ފެނިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ ވިދާޅުވީ އެއްބައިވަންތަ ރައްޔިތެއްގެ ގޮތުގައި އިންޑިއާގެ ރައްޔިތުން ދިރިއުޅެން ފެށުމަށް މިހާރު ފަށާފައިވާ ކެންޕޭނު ވެގެންދާނީ ވަރަށް ބޮޑު އަދި ވަރަށް ވަރުގަދަ ކެންޕޭނަކަށް ކަމަށެވެ. މި ކެންޕޭނަކީ އިންޑިއާގެ އާބާދީގައި ހިމެނޭ 1.3 ބިލިއަން ރައްޔިތުން ބައިވެރިވާ ކެންޕޭނެއް ކަމަށެވެ.

އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖޭގައި ހުރި ނަމަވެސް އަދި ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް އިންޑިއާގެ ކޮންމެ ރައްޔިތަކީވެސް މި ކެންޕޭނުގެ ފުރިހަމަ ބައިވެރިއެއް ކަމަށެވެ.

މިނިވަން ދުވަހާއި ގުޅިގެން ބޮޑުވަޒީރު މޯދީ ދެއްވި ބަޔާނަށް އަލިއަޅުއްވާލައްވައި އަކިލޭޝް މިޝްރާ ވިދާޅުވީ ޤައުމުގެ ނިޞްބަތުން އެންމެ މަތީ މަޤާމުގައި ތިބޭ ބައަކީ އެ ޤައުމެއްގެ ރައްޔިތުން ކަމަށެވެ. ސިޔާސީ މަޤާމުތަކަކީ ވަގުތީ މަޤާމުތަކެއް ކަމަށާއި ނަމަވެސް ރައްޔިތު މީހާ ކަމުގެ މަޤާމަކީ ދުވަހަކުވެސް ގެއްލިދާނެ މަޤާމެއް ނޫން ކަމަށެވެ.

އަކިލޭޝް މިޝްރާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ ހިތުގެ އެންމެ އަޑިން އުފެދި ކުރިއަރަމުން އަންނަ ގުޅުމެއް ކަމަށެވެ. ރާއްޖޭގެ ކޮންމެ ފެންވަރެއްގެ މަސައްކަތެއްގައި ހުރި ނަމަވެސް އިންޑިއާގެ ކޮންމެ ރައްޔިތަކުވެސް ރާއްޖެއަށް ޚިދުމަތްކުރަން ވާނީ ވީހައި އިޚްލާޞްތެރިކަމާއިއެކުގައި ކަމަށާއި ދެ ޤައުމުގެ ގުޅުން ޚާއްޞަކޮށް ރައްޔިތުންނާއި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނީ އެގޮތަށް މަސައްކަތްކުރުމުން ކަމަށެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ޘަޤާފީ މަރުކަޒުން އިންތިޒާމުކޮށްގެން ބޭއްވި މިރޭގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްލަޠީފްއެވެ.

ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުންނާއި ޑިޕޮލޮމެޓުން ބައިވެރިވެވަޑައިގެންނެވި މިހަފްލާއަށް ދިއަ މީހުންގެ އަދަދު ގިނަކަމުން ގިނަ ބައަކަށް ހޯލުން ބޭރުގައި ތިބެންޖެހުނުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން