މިއަހަރުވެސް "ޤްރްއާން އަވަރ" ފާހަގަކުރަން ރާއްޖެއިން ބައިވެރިވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މިއަހަރުވެސް "ޤްރްއާން އަވަރ" ފާހަގަކުރަން ރާއްޖެއިން ބައިވެރިވާނެ!
ޢަރަފާތު ދުވަހު ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުން ގެންދާ "ޤްރްއާން އަވަރ" ނުވަތަ "ޤްރްއާނާއިއެކު 1 ގަޑިއިރު" ހޭދަކުރުމުގައި ރާއްޖެއިން މިއަހަރުވެސް ބައިވެރިވާން ޝައުޤުވެރިކަން ފައުޅުކޮށްފައިވާ ކަމަށް މެލޭސިޔާގެ ނޫހަކުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ހަވާލާ ދީ އެނޫހުގައި ބުނެފައިވަނީ މިއަހަރުގެ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކުރިއަށް ގެންދަވަން ތައުލީމީ ވުޒާރާ އާއިއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.

"ޑރ. ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެ މުސްލިމަކުވެސް ކީރިތި ޤްރްއާނުން ކޮންމެވެސް މިންވަރެއް ކޮންމެ ދުވަހަކު ވެސް ކިޔެވުމުގެ އާދަ އަށަގަންނަވަންޖެހޭ. އަދި ކީރިތި ޤްރްއާނުގެ މާނަ ދަސްކުރަންވެސް ޖެހޭ. ކީރިތި ޤްރްއާނުގެ ފުރިހަމަ މާނަ އެނގުނީމާ މިހާރު އުފެދިގެން މިއުޅޭ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށްވެސް ޑރ. ޝަހީމް ޤަބޫލުފުޅު ކުރައްވާ." ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.

މިޚަބަރާއި ގުޅިގެން ޑރ. ޝަހީމްގެ ބަސްފުޅެއް އަދި ވަނީ ނުލިބިއެވެ. ނަމަވެސް ޚަބަރުގައި އެވާ ވާހަކަފުޅުތަކަކީ ޑރ. ޝަހީމް މީގެ ކުރިންވެސް ދައްކަވާފައިވާ ވާހަކަފުޅުތަކެއްކަން ފާހަގަކުރެވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޤްރްއާން އަވަރ ފާހަގަކޮށްފައިވަނީ މިދިއަ އަަހަރު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މިއަދު އޮންލައިން