ރަސްފަންނު ޓްރެކް ސަރަހައްދުން ދުއްވާފައިދިޔަ ވޭނެއް ތޮށިގަނޑުގައިޖެހި ގެއްލުންތަކެއް ވެއްޖެ

ކިޔުމަށް ހޭދަވާނީ 38ސ
ރަސްފަންނު ޓްރެކް ސަރަހައްދުން ދުއްވާފައިދިޔަ ވޭނެއް ތޮށިގަނޑުގައިޖެހި ގެއްލުންތަކެއް ވެއްޖެ
މާފަންނު ރަސްފަންނު ޓްރެކް ސަރަހައްދުން ދުއްވާފައިދިޔަ ވޭނެއް ތޮށިގަނޑުގައިޖެހި ގެއްލުންތަކެއް ވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރު 14:45 އެހާކަންހާ އިރުއެވެ. މިއީ ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް ބޭރު މަގު މޫދާ ދިމާލު ތޮށި ގަނޑަށް ވޭން އަރައިގެން ހިނގި އެކްސިޑެންޓެކެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ ޢިމާރާތާ ދިމާލު ތޮށިގަނޑަށް ވޭން އެރުމުގެ ސަބަބުން ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ވޭނުގެ ކުރީ ކޮޅު ފުނޑު ފުނޑުވެ، ވަނީ ތެޔޮވެސް ފައިބާފައެވެ.

ވޭން ދުއްވަން އިން، ޑްރައިވަރަށް ސީރިއަސް އަނިޔާއެއް ލިބިފައި ނެތް ނަމަވެސް އޭނާއަށްވަނީ އައިޖީއެމްއެޗުން ފަރުވާދީ ދޫކޮށްލާފައެވެ.
މިއަދު އޮންލައިން