ބައްޕަ އެކްސިޑެންޓުވީ ޚަބަރު ލިބުމުން ބައްޕަގާތަށް ދިޔަ ދަރިފުޅުވެސް އެކްސިޑެންޓްވެއްޖެއެވެ.
މި ހާދިޘާ ހިނގާފައިވަނީ ހައްދުންމަތީ (ލ. އަތޮޅު) ލިންކް ރޯޑުގައި މިއަދުއެވެ.
މި ދެ އެކްސިޑެންޓުގެ ތެރެއިން ފުރަތަމަ އެކްސިޑެންޓް ލިންކް ރޯޑުންފޮނަދުއާއި ކައްދުއާއިދެމެދުގައި އޮންނަ ކޯޒްވޭ މަތީގައި ހިނގާފައިވާ އިރު، މި އެކްސިޑެންޓުވީ ކޯޒުވޭ މަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އެހެން ދެމީހަކު ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕާކުކޮށްފައި ހުރި ސައިކަލުގައި އެވަގުތު މީހަކު ނެތްނަމަވެސް އަނެއް ސައިކަލުގައިތިބި ދެމީހުނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.
ދެވަނަ އެކްސިޑެންޓަކީ ކޯޒްވޭ މަތިން ހިނގި އެކްސިޑެންޓުގެޚަބަރަށް އެތަނަށް ދާން ދިޔަ ސައިކަލަކާއި އިތުރު ސައިކަލެއްޖެހިގެން ހިނގި އެކްސިޑެންޓެކެވެ.
ފޮނަދޫގައި ހިނގި މިއެކްސިޑެންޓް ހިނގާފައިވަނީ އަންހެނަކު ދުއްވި ސައިކަލަކާއި ފިރިހެނަކުދުއްވި ސައިކަލެއް ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެކެވެ. މި އެކްސިޑެންޓުގައި ޒަޚަމްވެފައިވާ ފިރިހެން މީހާ އަކީ ކައްދޫ ކޯޒްވޭ މަތިންއެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން މީހާގެ ދަރިއެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
މި އެކްސިޑެންޓުގައި އަންހެންމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްޞީލު އަދިވަނީ ލިބޭގޮތް ނުވެފައެވެ.