މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަކުން ޤާނޫނީ އެއްވެސް ކަމެއް ނުނިންމޭނެ- ބޭރުގެ ފަރާތްތަކަށް އަންގާނަން!: ކޯލިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަކުން ޤާނޫނީ އެއްވެސް ކަމެއް ނުނިންމޭނެ- ބޭރުގެ ފަރާތްތަކަށް އަންގާނަން!: ކޯލިޝަން
މާދަމާ ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ނިންމާ ކޮންމެ ކަމެއް ވެސް ވާނީ ޣައިރު ޤާނޫނީ ކަމަކަށް ކަމަށާއި އެކަންކަމުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދޭނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ސްރީލަންކާގެ ސަފީރުކަމަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ މުޙައްމަދު ޙުސައިން ޝަރީފްގެ ނަންފުޅަށް ވޯޓަށް އަހައި ފާސްކޮށްފިނަމަ އެކަމުގެ މައުލުމާތު ސްރީލަންކާގެ ސަރުކާރަށާއި ބައިނަލްއަޤްވާމީ މުޖުތަމައުއަށް ދޭނެ ކަމަށެވެ.

ހަމައެއާއިއެކު އެމްއެމްއޭގެ ގަވަރުކަމަށް ފޮނުއްވާފައިވާ ނަޞީރުގެ ނަންފުޅަށް ވޯޓުނަގައި ފާސްކޮށްފިނަމަ އެކަމުގެ މައުލޫމާތު ދުނިޔޭގެ މާލީ އިދާރާތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ކަންކަމަށް މީހުން ކަނޑައަޅަން ނަންތައް ފާސްކުރަންޖެހޭނީ ޤާނޫނީ ހަމަތަކުގެމަތީން ބާއްވާ ޖަލްސާއެއްގައި ކަމަށާއި މާދަމާގެ ޖަލްސާ ވެގެންދާނީ ޤާނޫނާއި ޚިލާފަށް ބާއްވާ ޖަލްސައަކަށް ކަމަށެވެ.
މިއަދު އޮންލައިން