ވޭން ރޫނީ ގައުމީޓީމަށް ކުޅުން ހުއްޓާލައިފި.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ވޭން ރޫނީ ގައުމީޓީމަށް ކުޅުން ހުއްޓާލައިފި.
އިންގްލެންޑުގެ ހުނަރުވެރި ފޯވާޑް ވޭން ރޫނީ 13 އަހަރު ވަންދެން ކުޅުމަށްފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އެވަޓަންއަށް ކުޅެމުން އަންނަ ރޫނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު ވަނީ އިނގިރޭސި ފުޓްބޯޅައާ ބެހޭ މައި އިދާރާއިން އިއުލާން ކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު މީޑިއާތަކަށް ރޫނީ ދިން އިންޓަވިއުގައި ބުނެފައި ވަނީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ގައުމީ ޓީމަށް ކާމިޔާބީ ހޯދާދިނުމެ ފަހަތުގައި އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ރޫނީ ބުންޏެވެ.

"ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ޒުވާން މޮޅެތި ކުޅުންތެރިންނަށް ފުރުޞަތު ދިނުމުގެ ގޮތުން. އަހަރެން ފުޓްބޯޅައިގެ އާއިލާއިން ވައްކެއް ނުވަން. ގައުމީ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް ގައުމީ ޓީމާއެކު އަބަދުވެސް ހުންނާނަން." އިނގިރޭސި ގައުމީޓީމަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބިފައިވާ އުމުރުން 31 އަހަރުގެ ރޫނީ ބުންޏެވެ.

އިނގިރޭސި ގައުމީ ޓީމަށް ރޫނީ ކުޅުން ހުއްޓާލިއިރު، އޭނަވަނީ ޖުމްލަ 119 މެޗް ގައުމީ ޓީމާއެކު ކުޅެ، 53 ގޯލު ގައުމީ ޓީމަށް ކާމިޔާބުކޮށްދީފަ އެވެ.

ރޫނީއަކީ ޔުނައިޓެޑުގައި ހޭދަކުރި ދުވަސްވަރުވެސް އެޓީމުގެ އޯލްޓައިމް ގޯލް ސްކޯރާއެވެ.
މިއަދު އޮންލައިން