މަޚްލޫފް އާ އެމްޑީޕީ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
މަޚްލޫފް އާ އެމްޑީޕީ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި އެމްޑީޕީގެ އަންހެން އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ.

އެސްއޯ ފުލުހުން މަޚްލޫފް ކުއްލި ގޮތަކަށް ހައްޔަރުކުރީ ޤާސިމް އިބްރާހީމްގެ މައްޗަށް އެމަނިކުފާނުގެ ޣައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދާތީ އެއްވެ ތިބި މީހުންގެ ތެރޭގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތުދެއްވަން ހުންނަވަނިކޮށެވެ. އެއްވެސް އިންޒާރެއް ނުދޭތަނުގައި އެންމެ ކުޑަމިނުން ހައްޔަރުކުރާ ސަބަބެއް އަދި ހައްޔަރުކުރަނީ ކަންވެސް ނުއަންގައެވެ.

އަންހެން އެކްޓިވިސްޓް ގެންދިއައީ ކީއްވެގެން ކަމެއްވެސް އަދި ނުއެނގެއެވެ.
މިއަދު އޮންލައިން