އިންޓަމިލާން އަތުން ރޯމާ ބަލިވެއްޖެ.

ކިޔުމަށް ހޭދަވާނީ 1މ 1ސ
އިންޓަމިލާން އަތުން ރޯމާ ބަލިވެއްޖެ.


އިޓާލިއަން ލީގުގައި ރޭކުޅުނު މެޗުން އިންޓަމިލާން އަތުން ރޯމާ ބަލިވެއްޖެއެވެ.

ރޭގައި ކުޅުނު މެޗުން ރޯމާ ބަލިވެފައިވަނީ އިންޓަމިލާނާ ވާދަކޮށް 1-3 ގެ ނަތީޖާއިންނެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި ފުރަތަމަ ހާފުގެ ކުރީކޮޅު އެޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު މެޗުގެ 15 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ.

މި ލަނޑާއެކު ރޯމާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ފަހުހާފަށް ނިކުމެ އިންޓަމިލާނުން ދިޔައީ މޮޅުކުޅުމެއް ދައްކަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި މައުރޯ އިކާޑީ ވަނީ ލަނޑެއް ކާމިޔާބުކޮށް އިންޓަމިލާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އޭގެ 10 މިނެޓުފަހުން މެޗުގެ 77 ވަނަ މިނެޓުގައި އިކާޑީ ވަނީ އިންޓައަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފުރަތަމަފަހަރަށް މެޗުގެ ލީޑު ނަގާދީފައެވެ.

އިންޓައަށް ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މަޓިއަސް ވެސިނޯއެވެ.

މިއީ މި ދެޓީމުވެސް މިފަހަރުގެ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. އެގޮތުން އިންޓަމިލާން ކުޅުނު މެދެޗުންވެސް މޮޅުއިރު، ރޯމާ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މިވަނީ ބަލިވެފައެވެ.

ރޯމާ ލީގުގައި ދެން ބައްދަލުކުރާނީ ސަމްޕްޑީރިއާއެވެ. އަދި އިންޓަމިލާން ބައްދަލުކުރާނީ މިފަހަރު އަލަށް އިޓާލިއަން ލީގަށް ކޮލިފައިވި އަސްޕަލްއާއެވެ.


މިއަދު އޮންލައިން