އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ޖުވެންޓަސް މޮޅުވެއްޖެ.
އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ރޭ ކުޅުނު މެޗުން މޮޅުވެފައިވަނީ ޖެނޯއާ އާ ވާދަކޮށް 2-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުފެށިގެންފުރަތަމަހާފުގެކުރީކޮޅުޖެނޯއާގެފަރާތުންރަނގަޅުކުޅުމެއްފެނިގެންދިޔައިރު،މެޗުގެފުރަތަމަލަނޑުޖަހާލީޑުނެގީވެސްއެޓީމުންނެވެ. އެހެންނަމަވެސްމިއީޔުވެންޓަސްގެކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ލަނޑާއެކު ލީޑުގައި އޮވެ، ޖެނޯއާގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަލްގޭރިއާ ފޯވާޑް އެންޑްރޫ ގަލްބިނޯފްއެވެ.
މި ލަނޑާއެކު ޔުވެންޓަސްއިން ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެޓީމުން ދިޔައީ ޖެނޯއާގެ ފަހަތަށް ބާރުބޮޑުކޮށް އެޓީމުގެ ގޯލަށް ނުރައްކާތެރި ހަމަލާތަށް ފޮނުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން
މެޗުގެ 14 ވަނަ މިނެޓުގައި ޔުވެންޓަސްއައިން ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑަކީ ޖެނިޗްގެ އެހީތެރިކަމާއެކު ޕައުލޯ ޑިބާލާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ޔުވެންޓަސްއިން މެޗުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުފެ ކުޅުން ނިމެން ކުޑަތަންވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ފޯވާޑް ޕައުލޯ ޑިބާލާއެވެ.
ދެ ޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ޔުވެންޓަސް ފުރަތަމަ ފަހަރަށް މެޗުގެ ލީޑުނެގީ 62 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗްގެ އެހީތެރިކަމާއެކު ކުއަޑްރާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ޔުވެންޓަސްއިން މެޗުގެ ލީޑު ފުޅާކޮށްދިން ލަނޑު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެގެން ދިން އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީ، ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކާ ދެ ލަނޑުވެސް ޖަހާދީފައިވާ ފޯވާޑް ޕައުލޯ ޑިބާލާއެވެ. މިއީ އޭނާ މިފަހަރުގެ ސީޒަނުގައި ޔޫވެންޓަސްއަށް ކާމިޔާބުކޮށްދިން 4 ވަނަ ލަނޑުކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިއީ ޔުވެންޓަސްއިން މިހަފަރުގެ ލީގުގައި ކުޅުނު ދެވަނަ މެޗަށްވާއިރު، މި ދެމެޗުންވެސް އެޓީމުވަނީ ކާމިޔާބު ކޮށްފައެވެ. ޔުވެންޓަސް ދެން ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކިއޭވޯއާއެވެ.