އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހު ވަގަުތުގައި މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ރޭ ކުޅުނު މި މެޗުން މެންޗެސްޓާ ސިޓީ މޮޅުވީ 1-2 ގެ ނަތީޖާއިންނެވެެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އަމިއްލަ ދަނޑު ވިޓާލިޓީ ސްޓޭޑިއަމްގައި ކުޅެމުން ދިޔަ، ބޯން މައުތެވެ. އެ ޓީމުގެ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޗާލީ ޑެނިއަލްސް އެވެ.
އޭގެ އަށް މިނެޓްފަހުން، ޑޭވީޑް ސިލްވާގެ އެހީތެރިކަމާއެކު ގެބްރިއަލް ޖީސަސް ވަނީ، ލަނޑު ޖަހާ ސިޓީ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ 97 ވަނަ މިނެޓްގައި، ސްޓަލިން ސިޓީ މޮޅު ކޮށްދިން ލަނޑު ކާމިޔާބު ކުރީ، ޓްރާންސްފާގައި ރެއާލް މެޑްރިޑުން، ސިޓީއާ ގުޅުނު ޑަނިލޯ ދިން ފުރުސަތަކުން ނެވެ.
މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދީ ސިޓީ މޮޅުކޮށްދިނުމަށްފަހު ސްޓާލިން ވަނީ، ދަނޑަށް އައިސް ތިބި، ސިޓީގެ ސަޕޯޓަރުންގެ ގާތަށް ގޮސް، ވަރަށް ބޮޑަށް އުފާ ފާޅު ކޮށްފަ އެވެ. އޭނާ ސަޕޯޓަރުންގެ ގަތަށް ދިޔައީ ޖަހާފައިވާ ފެންސް މަތިން ފުންމާލުމަށް ފަހު އެވެ. އެއަށްފަހު، އެނބުރި ދަނޑަށް އައި ތަނުން، މެޗުގެ ރެފްރީ މައިކް ޑީން ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ސްޓާލިންއަށް ރަތް ކާޑު ދައްކާފަ އެވެ.
ސްޓާލިން އަށް ކާޑު ދެއްކުމުން، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ، އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ. އެހެން ކަމުން ލީގުގައި ދެން ސިޓީ ކުޅޭ މެޗުގައި ސްޓާލިންއަކަށް ނުކުޅެވޭނެއެވެ.
ރޭގެ އިތުރު މެޗުތަކަށް ބަލާއިރު، ސްވަންސީ ސިޓީއާ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު، ސްވަންސީ ވަނީ 2-0 ންކާމިޔާބުކޮށްފައެވެ. ޕްރިމިއާލީގަށްއަލަށްކޮލިފައިވިހަޑާސްފީލްޑްސައުތުހެމްޓަންއާދެކޮޅަށްކުޅުނުމެޗުނިމުނީއެއްވަރު ވެގެން ނެވެ. ރޭގެ މެޗުން މޮޅުވެ ނިއުކާސަލް ޔުނައިޓަޑް ވަނީ މި ސީޒަންގެ ޕްރިމިއާ ލީގްގައި ފުރަތަމަ މޮޅު ހޯދާފަ އެވެ. ނިއުކާސަލް އަލުން ޕްރިމިއާ ލީގަށް އައީ މެދުކެނޑުމަކަށް ފަހު އެވެ.