އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުގެ ފަރާތުން މޮޅުކުޅޫމެއް ފެނިގެން ދިޔަނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހހި އެއްވަރެއްގައި އޮވެގެންނެވެ.
އެހެން ނަމަވެސް ޔުނައިޓެޑަށް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
ޔުނައިޓެޑު މޮޅުވީ ދެ ވަނަ ހާފްގައި ކާމިޔާބު ކުރި ގޯލުތަކާ އެކު އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ އަތުން ޕެނަލްޓީއެއް ނާކާމިޔާބު ވުމުން ޔުނައިޓެޑަށް މައްސަލަތަކެއް ދިމާވި ނަމަވެސް ފަހުން މާކަސް ރެޝްފޯޑާއި މަރުއާން ފެލައިނީގެ ލަނޑުތަކުން އެ ޓީމު ވަނީ މޮޅުވެފައެވެ.
ޔުނައިޓެޑް ވަނީ މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ދިހަ ލަނޑު ޖެހިއިރު ބައިކޮޅަށް ލަނޑެއް ވަދެފައިނުވެ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު ހޯޒޭ ވމޮރީނިއޯ ބުނީ މޮޅުވުމުން ހިންހަމަ ޖެހޭކަމަށާއި އެހެން ނަމަވެސް ސަޕޯޓަރުންގެ ކަންތަކާ ކަންބޮޑުވިކަމަށެވެ.
އޭނާ ބުނީ އޭނާ އަށް އެ ޓީމުން ޖެހި ފުރަތަމަ ލަނޑު ނުފެނުނުއިރު އެކަމުގެ އުފާވެރިކަން ސަޕޯޓަރުން ކިބައިން ނުފެންނަ ކަމަށާއި މިއީ ހިތާމަކުރަން ޖެހޭކަމެއް ކަމަށެވެ.
އޭނާ ބުނީ ފުރަތަމަ ލަނޑު ޔުނައިޓެޑުން ޖެހިއިރު އޭނާ ހުރީ ލިންގާޑްކުޅެންއަރުވަންވެގެންއޭނާއަށްބުނެދެންކަމަށާއިއެގޮތުންއެލަނޑުޖެހިތަންނުފެންނަކަމަށެވެ.