ވަރލްޑްކަޕް ކޮލިފައިން: އިޓަލީއަށް ހަނި މޮޅެއް.

ކިޔުމަށް ހޭދަވާނީ 1މ 32ސ
ވަރލްޑްކަޕް ކޮލިފައިން: އިޓަލީއަށް ހަނި މޮޅެއް.


2018 ގައި ރަޝިއާގައި ބާއްވާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅުނު ކޮލިފައި މެޗުން އިޓަލީ އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރޭގެ މެޗުން އިޓަލީ މޮޅުވީ އިޒްރޭލާ ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ.

އިޓަލީއިން އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އެޓީމުން އިޒްރޭލްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިޒްރާއިލް އިން ވަނީ ކައުންޓާ އެޓޭކުގައި އިޓަލީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިންމާލިއިރު އިޓަލީން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 53 ވަނަ މިނުޓުގައި އެ ޓީމުގެ ފޯވާޑް ސިރޯ އިމޯބިލޭއެވެ.
މި މޮޅާއެކު އިޓަލީއޮތީ ކުޅުނު ހަތް މެޗުން ލިބުނު 16 ޕޮއިންޓާއެކު ގްރޫޕް ޖީގެ ދެވަނައިގައެވެ. މި ގްރޫޕްގެ އެއްވަނައިގައި 19 ޕޮއިންޓާއެކު އޮތީ ސްޕެއިންއެވެ.

ޔޫރަޕުގެ ވަރލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޑީގައި ވޭލްސްއާ މޮލްޑޯވާ ބައްދަލުކުރި މެޗު ވޭލްސްއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ޓީމަށް މި މެޗުގައި ލަނޑު ޖަހައިދީފައިވަނީ ހާލްރޮބްސަން ކާނޫގެ އިތުރުން އާސެނަލްގެ އާރޮން ރެމްސީއެވެ. މި ގްރޫޕުގައި ސާބިއާއިން ވަނީ ގައުމުން ބޭރުގައި 1-0 އަކުން އަޔަލޭންޑް ބަލިކޮށްފައެވެ. އަދި އޮސްޓްރިއާއާ ޖޯޖިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އަކުން އެއްވަރު ވެގެންނެވެ.

މި މެޗުން މޮޅުވި ނަމަވެސް ވޭލްސްއޮތީ 11 ޕޮއިންޓާއެކު ގްރޫޕް ޑީގެ ތިންވަނައިގައެވެ. މި ގްރޫޕުގެ އެއްވަނައިގައި 15 ޕޮއިންޓާއެކު ސާބިއާ އޮތްއިރު ދެވަނައިގައި އަޔަލޭންޑް އޮތީ 13 ޕޮއިންޓާއެކުއެވެ. ޔޫރަޕުގެ ވޯލްޑްކަޕް ކޮލިފައިންގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ ދެ މެޗެވެ. މި މެޗުތައް ކުޅޭނީ އަންނަ މަހުގެ ކުރީ ކޮޅުގައެވެ.

މިއަދު އޮންލައިން