ވަރލްޑްކަޕް ކޮލިފައިން: ބޮޑު މޮޅަކާއެކު ސްޕެއިން ވަރލްޑް ކަޕަށް ކޮލިފައިވުމާއި ގާތަށް ޖެހިލައިފި.
2018 ވަނަ އަހަރު ރަޝިއާގައި އޮންނަ ވަރލްޑްކަޕަށް ކޮލިފައި ވުމަށް ރޭ ކުޅުނު ކޮލިފައިން މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން އިން ޖެހިލައިފިއެވެ.
ރޭ ކުޅުނު ކޮލިފައިން މެޗުގައި ލިޝްޓެސްޓައިންއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުން އެޓީމު މޮޅުވީ 0-8 ގެ ނަތީޖާއިންނެވެ.
ރޭގެ މޮޅާއެކު ސްޕެއިން މިހާރު އޮތީ ގްރޫޕް ޖީގެ އެއްވަނައިގައި 22 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 19 ޕޮއިންޓާއެކު އިޓަލީ އޮތްއިރު ތިންވަނައިގައި 13 ޕޮއިންޓާއެކު އޮތީ އަލްބޭނިއާއެވެ.
ލިޝްޓެސްޓައިންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެޓީމުން ވަނީ ފުރަތަމަ ހާފްގައިވެސް ހަތަރު ގޯލް ކާމިޔާބު ކޮށްފައެވެ. އެހަތަރުގޯލުސްޕެއިންއަށްކާމިޔާބުކޮށްދިނީސާޖިއޯރާމޯސްއާއިއަލްވަރޯމޮރާޓާއާއިއިސްކޯގެއިތުރުންޑޭވިޑްސިލްވާއެވެ.
ސްޕެއިން އިން ދެވަނަ ހާފްގައި ކުޅެން ނިކުމެ މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުން ވަނީ މި ހާފުގައިވެސް ހަތަރު ގޯލް ކާމިޔާބު ކޮށްފައެވެ. އެޓީމުން ކާމިޔާބުކުރި މި ހަތަރު ގޯލުގެ ތެރެއިން އެއް ގޯލަކީ ލިޝްޓެސްޓައިންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އެޓީމުގެ ގޯލުތައް ދެން ކާމިޔާބުކޮށްދިނީ މޮރާޓާ އާއި އިއާގޯ އަސްޕާސް އެވެ. މީގެން ކޮންމެ ކުޅުންތެރިއަކުވެސް ދެ ގޯލް ކާމިޔާބު ކޮށްފައިވެއެވެ.
ބޮޑު މޮޅެއް ސްޕެއިން އިން ރޭ ހޯދިއިރު މި ގްރޫޕްގައި ހިމެނޭ އިޓަލީން ރޭ ވަނީ އިސްރާއިލްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި އިޓަލީގެ ހަމައެކަނި ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ސިރޯ އިމޯބައިލްއެވެ.
ކޮލިފިކޭޝަންގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ ދެ މެޗެވެ. އެގޮތުން ގްރޫޕްގެ ފަހު ދެ މެޗުގައި ސްޕެއިން ބައްދަލުކުރާނީ އަލްބޭނިއާ އަދި އިސްރާއީލާއެވެ. އިޓަލީ ބައްދަލުކުރާނީ މެސެޑޯނިއާ އަދި އަލްބޭނިއާއާއެވެ.ކޮލިފިކޭޝަންގެ ފަހު މެޗުތަށް ކުޅެވޭނީ އަންނަ މަހުގެ ކުރީކޮޅުއެވެ.