އޭޝިއަން ކަޕް ކޮލިފައިން: އޮމާން އަތުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 40ސ
އޭޝިއަން ކަޕް ކޮލިފައިން: އޮމާން އަތުން ރާއްޖެ ބޮޑު ތަފާތަކުން ބަލިވެއްޖެ
2019 ވަނަ އަހަރު ޔޫއޭއީގައި ބާއްވާ އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ބައްދަލުކުރި މި މެޗުން ރާއްޖެ ބަލިވީ 0-5 އިންނެވެ.

ރޭގެ މެޗުގައި ރާއްޖޭގެ ޓީމަށް އެއްވެސް ވަރަކަށް ކުޅެވިފައި ނުވާއިރު އޮމާންއިން ވަނީ މޮޅުކުޅުމެއް ކުޅެ ރާއްޖޭގެ ހާފުތެރޭގައި ގިނަވަގުތު ބޯޅަ ގެންގުޅެ ރާއްޖޭގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޓީމަށް މި މެޗުގައި ގިނަ މިސްޓޭކްތަކެއްވެސް ވަނީ ހެދިފައެވެ. އެގޮތުން އޮމާނުން ޖެހި ގިނަ ލަނޑު ޖަހާފައި ވަނީ ރާއްޖޭ ޑިފެންސް އަދި ކީޕަރު މުހަންމަދު ފައިސަލްއަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައިގެންނެވެ.

އޮމާންގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި އޮމާންއިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، މެޗުގެ ހަތަރުވަނަ މިނެޓުގައި އޮމާނުގެ ގާސިމް ސައީދު ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު އެޓީމަށް ހޯދާދީފައެވެ.
އޮމާނުން ފުރަތަމަ ހާފުގައި ލީޑުގެނީ ނެގި ހުރަހެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ވަތް ގޯލުންނެވެ.

އެއްގޯލްގެލީޑެއްގައިއޮވެފުރަތަމަހާފްގެކުޅުންނިމުނުއިރުމެޗުގެދެވަނަހާފުގައިވެސްއޮމާނުންވަނީތަފާތުމޮޅުކުޅުމެއްދައްކާފައެވެ.

އެގޮތުން އޮމާނުން ވަނީ މެޗުގެ 58 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހާދިލް އަލް ހަޖުރީއެވެ. އޭގެ 10 މިނެޓް ފަހުން އޮމާނުގެ ސަލާހް އަލް ޔަހުޔާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ.

އޮމާން ޓީމުން ފުލުފުލުގައި ރާއްޖޭގެ ގޯލަށް ނުރައްކާކުރުމުގެ ނަތީޖާއަކަށް ވީ ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން އިތުރު ގޯލެއް ކާމިޔާބު ކުރުމެވެ.އަދި މެޗުގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އޮމާނަށް ކާމިޔާބު ކޮއްދިނީ މި މެޗުގައި ތަފާތު މޮޅުކުޅުމެއް ދެއްކި ސާމީ އަލް ހަސަނީއެވެ.

ރާއްޖެ ހިމެނޭ ގުރޫޕުގައި އިތުރު މެޗެއް ރޭ ފަލަސްތީން ވަނީ 2-0 ގެ ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރި ހޯދާފައެވެ.
މިއަދު އޮންލައިން