ޗެލްސީއާ އެކު ފަރިތަކުރުންތަކުގައި ބައިވެރި ވުމަށް ފޯވަރޑް ޑިއެގޯ ކޮސްޓާ ލަންޑަނަށް އެނބުރި އަތުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ނިމިގެން ދިޔަ ސީޒަނުގައި ޗެލްސީގައި މޮޅު ކުޅުމެއް ދައްކާ ގިނަ ގޯލްތަކެއްވެސް ކާމިޔަބު ކޮށްދިން ފޯވާޑް ޑީއެގޯ ކޮސްޓާ އެނބުރި ޗެލްސީގެ ފަރިތަކުރުންތަކަށް އައީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެދުމުން ކަމުގައިވެސް މި ރިޕޯޓުގައިވެއެވެ.
ރިޕޯޓްތަށް ބުނާގޮތުން ކޮންޓޭ ވަނީ ކޮސްޓާގެ އެހީތެރިކަން މިފަހަރުގެ ސީޒަނުގައިވެސް ޗެލްސީއަށް ބޭނުންކަމަށްބުނެ މެސެޖެއް ވެސް ފޮނުވާފައެވެ. އެހެން ނަމަވެސް މީގެ ކުރިން ކޮސްޓާގެ ހިދުމަތް މި ސީޒަނުގައި ބޭނުންނުވާ ކަމަށް ބުނެ ކޯޗު އެންޓޯނިއޯ ކޮންޓޭ އެސްއެމްއެސް އަށް ފޮނުވައިފާ ކަމަށް ކޮސްޓާ ވަނީ ބުނެ އެވެ.
ކޮންޓޭގެ މި މެސެޖަށް ފަހު ކޮސްޓާ ބޭނުންވީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވާން ކަމަށާއި އެކަމަކު ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން އެ ކްލަބަށް އެންމެ އަވަހަށް ވެސް ކުޅުންތެރިއަކު ރަޖިސްޓްރީކުރެވޭނީ އަންނަ ޖެނުއަރީ މަހު ކަމަށްވުމުން ކޮސްޓާ އަދި މަޑުޖެހިގެން ހުރީކަމަށް ރިޕޯޓްތަށް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ ބޭނުންވަނީ ހަމަ އެކަނި އެތްލެޓިކޯއަށް ބަދަލުވާށެވެ. އެގޮތުން އިތުރު އެއްވެސް ޓީކަމާއި ގުޅެންވެސް ކޮސްޓާ ބޭނުން ނުވެއެވެ.
ޗެލްސީން ދާދި ފަހުން ވަނީ އެ ކްލަބުގެ ޕްރިމިއާ ލީގު ސްކޮޑުގައި ކޮސްޓާގެ ނަން ހިމަނައި އޭނާ ޕްރެކްޓިހަށް ހާޒިރުވާން އަންގައިފަ އެވެ. އެހެން ނަމަވެސް ކޮސްޓާ އެކަމަށް އެއްބަހެއް ނުވި އެވެ.
ޕްރިމިއާ ލީގުގެ ސްކޮޑުގައި ކޮސްޓާ ހިމަނާފައި ނުވަނީ އޭނާގެ އެދުމުގެ މަތިން ކަމަށް ރިޕޯޓްތަށް ބުނާއިރު، ކޮސްޓާ އެނބުރި ލަންޑަނަށް ދިޔައީވެސް އެތްލެޓިކޯގެ އިސް ބައެއް ފަރާތް ތަކުން އެދިގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އޭނާ ޖެނުއަރީ މަހު ކްލަބް ދޫކޮށް ކުރީގެ ކުލަބު އެތްލެޓިކޯ މެޑްރިޑަށް ބަދަލުވާނެކަމަށް ބެލެވިފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްޓާ އެނބުރި ލަންޑަނަށް ދިޔައީ ޗެލްސީއާ އެކު ޕްރެކްޓިސްކޮށް ޖެނުއަރީގެ ނިޔަލަށް ޕްރިމިއަރ ލީގުގައި ކުޅުމަށް ފަހު ޖެނުއަރީ މަހު އެތުލެޓިކޯ އަށް ބަދަލުވުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ ޖެނުއަރީ މަހު ޗެލްސީން ކޮސްޓާ އަށް އާ އެއްބަސްވުމެއް ހުށަހަޅަން ނިންމާފައިވަނިކޮށް އެކަމަށް ހުރަސް އެޅީ އެޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއެވެ. އެހެން ކަމުން ކޮސްޓާ ނިންމީ ޗެލްސީ ދޫކޮށްލަންކަމަށާއި އެގޮތުން އެތްލެޓިކޯއަށް ބަދަލުވާން ނިންމީކަމަށްވެސް ރިޕޯޓްގައިވެއެވެ.