ޑެލެ އަލީގެ މައްސަލަ ފީފާ އިން ބަލަނީ...!

ކިޔުމަށް ހޭދަވާނީ 1މ 48ސ
ޑެލެ އަލީގެ މައްސަލަ ފީފާ އިން ބަލަނީ...!
ވަރލްޑް ކަޕް ކޮލިފައިންގައި ސްލޮވާކިއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ޑެލެ އަލީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ޚިލާފު ކަންތައްތަކުގެ މައްސަލައިގެ ތަހުޤީޤު ފީފާ އިން ބަލަން ފަށައިފިއެވެ.

ޑެލެ އަލީގެ މި މައްސަލަ ފީފާއިން ބަލަން ނިންމާފައިވާއިރު، ޑެލެ އަލީ ވަނީ މި މެޗުގައި ރެފްރީ ކަން ކުރި ކްލެމެންޓް ޓާޕިންއާ ދިމާލަށް އަތުގެ އިޝާރާތުން ހުތުރު އެއްޗެއް ބުނެފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މިކަން ދޮގުކޮށްފައެވެ.

މިކަން ދޮގުކުރަމުން އެ މެޗަށް ފަހު އޭނާ ބުނެފައިވަނީ އެއީ އިންގްލެންޑުގެ ޑިފެންޑަރު ކައިލް ވޯކާއާ ދިމާލަށް ޖެއްސި ވައްތަރެއް ކަމަށެވެ. އަދި އޭނާ ވަނީ ސޯޝަލް މީޑިއާގައި އެކަމަށް މައާފަށް ވެސް އެދިފައެވެ.

ފީފާގެ އޮފިޝަލަކު މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަލީގެ މައްސަލަ މިހާރު ފީފާއިން ބަލަން ފަށާފައިވާ ކަމަށެވެ.

ފީފާއިން ޑެލެ އަލީގެ މި މައްސަލަ ބަލަން ފަށާފައިވާއިރު، އިންގްލެންޑް ކޯޗު ގަރެތު ސައުތުގޭޓް ބުނީ އަލީގެ އެހެން ކަންތައްކުރީ ސަމާސާ ކުރުމުގެ ގަސްދުގައި އެ ޓީމުގެ ވޯކާއާ ދިމާ އަށް ކަމަށާއި އެއީ އެއްވެސް ބަޔަކަށް ނުރުހުން ފާޅުކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

އިތުރަށް ސައުތް ގޭޓް ބުނީ ޑެލެ އަލީ އެކަން ކުރީ މީހަކަށް ނުރުހުން ފާޅުކުރުމުގެ ގަސްދުގައެއް ނޫން ކަމަށާއި އޢނާ އަކީ ވަރަށް ޑިސިޕްލިން ކުޅުންތެރިއެއް ކަމަށެވެ. އެހެން ނަމަވެސް ސައުތް ގޭޓް ބުނީ އޭނާ އެ މަންޒަރު ނުދެކޭ ކަމަށާއި އެކަމަކު އޭނާއަށް ޓީމުގެ އެއްވެސް ކުޅުންތެރިއަކު އޮޅުވައެއް ނުލާނެކަމަށެވެ.

ކޮލިފައިންގައި އިންގްލެންޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ މަހު ފަސް ވަނަ ދުވަހު ނުކުންނާނީ ސްލޮވީނިއާއާ ދެކޮޅަށެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދަން ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗުން އިންގްލެންޑަށް ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ.

އިންގްލެންޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގެ ކުރިން ފީފާއިން އަލީގެ މައްސަލައިގެ ތަހުގީގު ނިންމާނެ ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

މިއަދު އޮންލައިން