ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ނުކުޅެން އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިއްޖެ

ކިޔުމަށް ހޭދަވާނީ 1މ 48ސ
ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ނުކުޅެން އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދިއްޖެ
ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ސެނަގާލް އާއި ދެކުނު އެފްރިކާ ކުޅުނު މެޗުގައި ރެފްރީ ވަކިއަތަކަށް ޖެހިގެން ކަމަށް ބުނެ ފީފާއިން ކެންސަލް ކުރި މެޗު އަލުން ނުކުޅެން ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފީފާގައި އެދެފިއެވެ.

ދެކުނު އެފްރިކާ އަދި ސެނެގޯލް ބައްދަލުރި މި މެޗު 1-2 ގެ ނަތީޖާއިން އެފްރިކާ ކާމިޔާބު ކުރި ނަމަވެސް އެ މެޗު އަލުން ކުޅެން ފީފާއިން އަންގާފައި ވަނީ އެ މެޗުގައި ރެފްރީކަން ކުރި ގާނާގެ އުމުރުން 42 އަހަރުގެ ލެމްޕްޓޭ ގަސްދުގައި ވަކި އަތަކަށް ޖެހިގެން ގަސްދުގައި ޕެނަލްޓީ ދީ މެޗުގެ ނަތީޖާ އަނބުރާލިކަމަށް ބުނެއެވެ.

އެހެން ކަމުން ފީފާއިން ވަނީ މި މައްސަލަ ބެލުމަށްފަހު އެ މެޗުގެ ރެފްރީ ލެމެޕްޓޭ އުމުރަށް ސަސްޕެންޑް ކޮށްފައެވެ. ފީފާއިން ބުނާ ގޮތުގައި މިމުޗުގެ ރެފްރީ ވަނީ ވަކި ކޮޅަކަށް ފައިދާ ވާގޮތަށް ނިންމުންތައް ނިންމާފައެވެ.

ދެކުނު އެފްރިކާ އަދި ސެނެގާލް އިންވެސް މެޗު ވަކިކޮޅަކަށް އަނބުރަން މަސައްކަތް ކޮށްފައިނުވާކަމަށް ފީފާއިންވަނީ ބުނެފައެވެ. ދެކުނު އެފްރިކާގެ ފުޓުބޯޅަ އިދާރާގެ ގާނޫނީ ވަކީލް ބުނެފައިވަނީ މިމެޗްގެ ނަތީޖާ ބަދަލުކޮށްލުމަށް ޓަކައި މިމެޗާއި ސީދާ ގުޅުންނެތް ބަޔަކު ރެފްރީއަށް ރިޝްވަތު ހުށައަޅާފައިވާކަމަށެވެ.

މިމެޗު ބޮޑު މައްސަލައަކައް ވެގެންދިޔަ އެންމެ ބޮޑު ސަބަބަކީ ސެނެގާލްގެ ޑިފެންޑަރެއްގެ ކަކުލުގައި ޖެހުނު ބޯޅައެއް ރެފްރީ ޕެނެލްޓީއެއްގެ ގޮތުގައި ދެއްކުމުންނެވެ.

މިނިންމުން ރެފްރީ ނިންމި އިރު ދެކުނު އެފްރިކާގެ ކުޅުންތެރިން ސެނެގާލް ޑިފެންޑަރު އަތުގައި ބޯޅަ ޖެހުނުކަމަށް ރެފްރީއަށް އެޕީލްކޮށްފައިވެސް ނުވެ އެވެ.

މިއީ ދެކުނު އެފްރިކާއަށް މިހާތަނަށް ލިބިފައިވާ ހަމައެކަނި މޮޅަށްވީ ނަމަވެސް ފީފާއިން ވަނީ މި މެޗުން އެފްރިކާއަށް ލިބުނު ތިން ޕޮއިންޓް އުނިކޮށް އެ މެޗު އަލުން ކުޅެން ނިންމާފައެވެ.

ފީފާގެ އޯގަނައިޒިން ކޮމިޓީން މައްސަލަ ބަލާ މިމެޗު އަލުން ކުޅެން ނިންމުމާއެކު ދެކުނު އެފްރިކާ އޮތީ އެންމެ ޕޮއިންޓަކާއެކު ގުރޫޕްގެ ފުލަށް ވެއްޓިފައެވެ. އެހެން ނަމަވެސް ސެނެގޯލް އޮތީ ފަސް ޕޮއިންޓާއި އެކު ތާވަލްގެ ތިންވަނާގައެވެ.

މިއަދު އޮންލައިން