ލެވާންޓޭއާ ދެކޮޅަށް ރެއާލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ.
ސްޕެނިޝް ލަލީގާގެ ޗެމްފިއަން ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެނަތީޖާއިންއެއްވަރުވެގެންނިމިއްޖެއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ލެވާންޓޭއިންނެވެ. މިގޯލް އެޓީމަށްކާމިޔާބުކޮށްދިނީމެޗުގެ 12 ވަނަމިނެޓުގައިއިވީއެވެ.
ރެއާލް މެޑްރިޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 36 ވަނަ މިނިޓުގައެވެ. މި ގޯލް ރެއާލްއަށް ކާމިޔާބިކޮށްދިނީ ލޫކަސް ވަޒްކުއޭޒްއެވެ.
މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅުނު ރެއާލްއަށް މެޗު ކާމިޔާބު ކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގެރެތް ބޭލްއަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެ އެވެ. ގެރެތްބޭލްފޮނުވާލި ގިނަ ހަމަލާތަށް އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.
މެޗު ކާމިޔާބު ކުރުމަށް ރެއާލްއިން ކުރަމުން އައި މަސައްކަތައް އިތުރު ހުރަސްތަކެއް އެޅިގެން ދިޔައީ 89 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު މާސެލޯއަށް ދެއްކި ރަތްކާޑާއެކު އެވެ. ރޭގެ މިނަތީޖާއާއެކު ރެއާލް އޮތީ ތާވަލުގެ 4 ވަނައިގައި 5 ޕޮއިންޓާއެކުއެވެ.
ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ރެއާލް އިން މިމެޗަށް ނިކުތްއިރު އެޓީމުގެ އިތުބާރު ފޯވާޑް ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ.
މީގެ އިތުރުން ރޭގެ މެޗުގައި ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިން ހިމެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.