ކައްވަޅުގައި އަޒާބުދެވޭ މަރުތެޔޮ އެންމެހައި އިންސީންނާއި ޖިންނީން އެކުގައި އުފުލަން އުޅުނު ނަމަވެސް އެންމެ މިލިމީޓަރަކަށްވެސް ނުއުފުލޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކައްވަޅުގައި އަޒާބުދެވޭ މަރުތެޔޮ އެންމެހައި އިންސީންނާއި ޖިންނީން އެކުގައި އުފުލަން އުޅުނު ނަމަވެސް އެންމެ މިލިމީޓަރަކަށްވެސް ނުއުފުލޭނެ!
ޚަބަރުގައިވާ ވީޑިއޯގައި އިލްމުވެރިޔާ ވިދާޅުވަނީ ކައްވަޅުގައި މީހާ ވަޅުލެވުމުން ކުރެވޭ 3 ސުވާލަށް ޖަވާބު ނުދެވޭ މީހުންނަށް އަޒާބު ދެއްވުމަށް މަލާއިކަތް ބޭކަލުން ބޭނުންކުރައްވާ މަރުތެޔޮ އެންމެހައި ޖިންނީންނާއި އިންސާނުން އެކުގައި އުފުލައިލަން މަސައްކަތްކުރި ނަމަވެސް އެންެމެ މިލިމީޓަރކަށްވެސް އުފުލައި ނުލެވޭނެ ކަމަށެވެ.

ޢިލްމުވެރިޔާ ވިދާޅުވީ ގައިގައި ބާރުހުރެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރިއިރު މާތް ﷲ އަށް ބިރުވެތިވެ އަޅުކަން ނުކުރާމީހުން. އުމުރުން ދުވަސްވެ ގައިގެ ހުރިހާ ބާރުތަކެއް ކެނޑި ބަލިތަކާއި ކުރިމަތިވުމުން އަޅުކަންކުރަން އުޅުނު ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ގައިގައި ބާރުހުރިއިރު އޭނާ ދުނިޔޭގައި އުޅުނީ މާތް ﷲ ހަނދުމަނުކޮށް މަސްތުގެތެރޭގައި ކަމަށްވާތީ ކަމަށެވެ.

އިލްމްވެރިޔާ ވިދާޅުވީ ކައްވަޅުގެ 3 ސުވާލަކީ ވަރަށް ފަސޭހަ، އެންމެންނަށް އެނގޭ 3 ސުވާލުކަމަށެވެ. އެމީހާގެ ދީނަކީ އިސްލާމް ދީން ކަމާއި ކަލާންގެއަކީ މާތް ﷲ ކަމާއި ރަސޫލާ އަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞއވ) ކަން ހުރިހާ މުސްލިމުންނަށް ވެސް އެނގޭނެ ކަމަށާއި ނަމަވެސް މާތް ﷲ އެންގެވި ގޮތުގައި ނުއުޅޭ މީހުންނަށް ކައްވަޅުގައި މިފަސޭހަ ސުވާލުތަކަށް ވެސް ޖަވާބު ނުދެވޭނެ ކަމަށެވެ.

"ޒުވާންއިރު އުޅެނީ މާތް ﷲ އާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންގެވި ގޮތަކަށް ނޫން. ކޮންމެވެސް ޕޮޕްސްޓާރެެއް ނޫނީ އެހެންވެސް މީހަކު އުޅޭގޮތް އެއީ ރަނގަޅު ގޮތް ކަމަށް ބަލައިގެން. މާތްﷲ ގެ އެންގެވުންތައް ހަނދާނެއް ނުކުރޭ. އެފަދަ މީހުން ކިހިނެއްތަ ކައްވަޅުގެ ސުވާލުތަކަށް ޖަވާބުދޭނީ؟ ނުކުރެވޭނެ އެކަމެއް! ކައްވަޅުގައި ދެމިއޮންނާނީ ގަދަފަދަ އަޒާބުގައި."

ވީޑިއޯ: ކައްވަޅުގައި ކުރިމަތިލާންޖެހޭނެ ހާލަތުތައް އެނގޭ ދަރުސެއް!
މިއަދު އޮންލައިން