ސިއުޒާ
ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިނުގަންނަވާ އަޅަކު މެނުވީ އެކަލާންގެ ގެކޮޅަށް ނުވައްދަވައެވެ.
ކޮންމެ ކޮންމެ މީހަކު އަޅުގަނޑުމެންގެ ގެއަކަށް އަޅުގަނޑުމެން ނުވައްދާނެއެވެ. އަޅުގަނޑުމެން ވައްދަނީ އަޅުގަނޑުމެން އިތުބާރު ކުރާ އަޅުގަނޑުމެން ލޯބިވާ މީހުންނެވެ. އެހެން ނޫނީ ތަޅުލާފަ ހުންނާނީ، އަޅުގަނޑުމެންގޭ ދޮރުގަ ޓަކި ޖެހިޔަސް، ވަންނަން އުޅުނަސް ނުވައްދާނެ ކޮންމެ މީހަކު.
ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާންގެ ގެކޮޅަށް ނުވައްދަވާ އެކަލާންގެ ލޯބިވާ އަޅަކުނޫނީ.
މިއީ ތެދެއްތޯ ތިބޭފުޅުން އަމިއްލައަށް ވިސްނަން ބޭނުންފުޅުކަމަށް ވާނަމަ، ބައްލަވާ މިސްކިތްތަކަށް އަރާ މީހުންގެ މަދުކަމާއި ވަށައިގެން އުޅޭ މީހުންގެ ގިނަކަން. ތިބާއަށް މިސްކިތަށް ފަރުޟު ފަސް ނަމާދަށް އާދެވޭ ކަމުގައި ތިބާ ވާނަމަ އަޅުގަނޑުމެން އިޙްސާސް ކުރަންވީ އެއީ އެކަލާންގެ ލޯބިވޮޑިގަންނަވާ އަޅުންނަށް އެކަލާންގެ ގެއަށް ވައްދަވަން އެކަލާންގެ ހާއްސަ ކުރައްވާފައިވާ އަޅުންގެ ތެރޭގައި އަޅުގަނޑުމެން ޝާމިލް ވެއްޖެއެވެ.
ބައިވަރު މީހުން އެބައުޅެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އިޚްތިޔާރު ކުރެއްވީ މިސްކިތަށް އަންނަ މީހެއްގެ ގޮތުގައި. އެއީ އެ އިލާހުގެ ގެކޮޅަށް ވަނުމުގެ ހެޔޮ ތައުފީޤު ދެއްވުން އެއީ އެ އިލާހަށް ޙަމްދާޢި ޝުކުރު ކުރަންޖެހޭ ކަމެކެވެ. ބައިވަރު މީހުން އެބައުޅޭ މިސްކިތަށް، ހުކުރު ދުވަސް އަޔަސްވެސް މިސްކިތަށް ނާރާ މީހުން. މިތާ މަޤުމަތީގަ މުސައްލައެއް އަޅައިގެން ނަމާދުކޮށްގެ ދަނީއެވެ. އޭނައަކަށް ނޭންގޭ ކޮން މިސްކިތަކަށް ކަމެއް އޭނަ ތަބާވަނީވެސް. އެއީ ހުރިހާ މިސްކިތަކުން ﷲ އަކްބަރު ކިޔާ ތަކްބީރު އަޑު ކިޔާއިރުގައި، އެއް މިސްކިތަށް ރުކޫޢު ކޮށްފަ އަނެއް މިސްކިތަށް ސަމިޔަﷲ ލިމަން ޙަމިދަ ކިޔާ ހިސާބުގައި ބައެއް މީހުން ނަމާދު އެބަ ކުރެއެވެ. އޭނައަކަށް ނޭންގެ ކޮން މިސްކިތެއްގެ ކޮން އިމާމަކަށް ކަމެއް އޭނަ ސަލާމް ދިނީކީ.
މި މާލޭގަ މިސްކިތަށް ހުކުރުދުވަހުވެސް ނާރާ މީހުން އެބައުޅެއެވެ. އެހެންމަ ލޮބުވެތި ޢިއްޒަތްތެރި އަޚުން، ﷲ ސުބުޙާނަޙޫ ވަތަޢާލާ އެކަލާންގެ ގެކޮޅަށް ވެއްދެވުމަށްޓަކައި އިޚްތިޔާރު ކުރައްވަނީ އެ އިލާޙު ލޯބިވޮޑިގަންނަވާ އަޅުންނެވެ.
- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން
- މިއަދުނޫސް