މެންޗެސްޓަރ ސިޓީ ފަސޭހަ ކަމާއެކު ފޭނޫޑްގެ މައްޗަށް ކުރި ހޯދައިފި.
ޗެމްޕިއަންސް ލީގުގައި ރޭ ނެދަލޭންޑްސްގެ ފޭނޫޑްއާ ބައްދަލުކުރި މެޗުން މެންޗެސްޓަރ ސިޓީ ފަސޭހަ ކަމައެކު މޮޅުވެއްޖެއެވެ.
ގްރޫޕް އެފްގައި ހިމެނޭ ސިޓީ ރޭ މޮޅުވީ ފޭނޫޑްއާ ބައްދަލުކޮށް 0-4 ގެ ނަތީޖާއަކުންނެވެ.
ފޭނޫޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅޫމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައި ވަނީ ވެސް ސިޓީންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓްގައި ސިޓީއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންސް އެވެ.
އަދިމެޗުގެ 10 ވަނަމިނެޓްގައިސިޓީގެދެވަނަގޯލުސާޖިއޯއަގުއެރޯކާމިޔާބުކޮށްދިންއިރުއެޓީމުގެތިންވަނަގޯލުމެޗުގެ 25 ވަނަމިނެޓްގައިކާމިޔާބުކޮށްދިނީގެބްރިއަލްޖީސެސްއެވެ.
ތިން ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު އެޓީމުގެ ހަތަރުވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ސްޓޯންސްއެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީއަށް ލިބިފައިވެއެވެ.
ސިޓީއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ޝަހްތަރު ޑޮނެޓްސްކް އިން ވަނީ ރޭ ނަޕޯލީގެ މައްޗަށް 1-2 އިން ކުރި ހޯދާފައެވެ.