ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް މޮޅުވިއިރު ލިވަޕޫލް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ޓޮޓެންހަމް ރޭ މޮޅުވީ ބްރޫޝިއާ ޑޯޓްމަންޑާ ބައްދަލުކޮށް 1-3 އިންނެވެ.
ރޭގެމެޗުގެވަރަށްކުރީކޮޅުހިއުންގްމިންސޮންޓޮޓެންހަމްއަށްލަނޑެއްކާމިޔާބުކޮށްދީލީޑުނަގައިދިންނަމަވެސްމެޗުގެ 11 ވަނަމިނެޓްގައިޔާމަލެންކޯވަނީލަނޑެއްކާމިޔާބުކާމިޔާބުކޮށްދީޑޯޓްމަންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެކުރިން ހެރީ ކޭން ވަނީ ލަނޑެއް ކާމިޔާބުކޮށް ޓޮޓެންހަމްއަށް ލީޑު އަލުން ނަގާދީފައެވެ. އަދި މި މެޗުން ތިން ޕޮއިންޓް ޓޮޓެންހަމްއަށް ކަށަވަރުކޮށްދިން ގޯލުވެސް ކާމިޔާބުކޮށްދިނީ ކޭންއެވެ. މެޗުގެ ފަހު މިނެޓްގައި ޓޮޓެންހަމްގެ ޑިފެންޑަރު ވެޓޮންގެންއަށް ދެއްކި ރަތްކާޑާއެކު އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
ޓޮޓެންހަމްއާއެކު އެއް ގްރޫޕެއްގައި ހިމެނޭ ރެއާލް މެޑްރިޑުން ރޭ ވަނީ އަޕޮއެލްގެ މައްޗަށް 0-3 އިން ކުރި ހޯދާފައެވެ.
ލިވަޕޫލް ރޭ ކުޅުނު މެޗުން އެއްވަރުވީ ސްޕެއިންގެ ސެވިއްޔާއާ ބައްދަލުކޮށް 2-2 އިންނެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސެވިއްޔާއިންނެވެ. މި ގޯލު މެޗުގެ ފަސްވަނަ މިނެޓުގައި ސެވިއްޔާއަށް ކާމިޔާބުކޮށްދިނީ ބެން ޔެޑާއެވެ.
ނަމަވެސް މެޗުގެ 21 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ލިވަޕޫލްއަށް ނަތީޖާ އެއްވަރުކޮށްދިންއިރު މެޗުގެ 37 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލް ލީޑުނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެކުރިން ލީޑު ފުޅާކޮށްލަން ލިވަޕޫލްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ފަމީނޯ ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފްގައި ލިވަޕޫލުން އިތުރަށް ކުޅުން ރަނގަޅުކޮށް ސެވިއްޔާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. ނަމަވެސް އިތުރު ގޯލެއް އެޓީމަށް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. ސެވިއްޔާއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލު 72 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖެކުއިން ކޮރީއާއެވެ.
މެޗުގެ ފަހު މިނެޓްގައި ލިވަޕޫލްގެ ގޮމޭޒްއަށް ދެއްކި ރަތްކާޑާއެކު އެޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
ލިވަޕޫލް ކުޅުނު މެޗު އެއްވަރުވިއިރު އެޓީމާއެކު އެއް ގްރޫޕެއްގައި ހިމެނޭ މަރިބޯ އާއި ސްޕާޓަކް މޮސްކޯ ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.