އަނިޔާލިބެމުން އަންނަ މުސްލިމުންނަށް އެހީތެރިވާން އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އަނިޔާލިބެމުން އަންނަ މުސްލިމުންނަށް އެހީތެރިވާން އިމާމް ގޮވާލައްވައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާލިބެމުން އަންނަ މުސްލިމުންނަށް އެހީތެރިވުމަށް އިމާމް ގޮވާލައްވައިފިއެވެ. އިމާމް މިކަމަށް ގޮވައިލެއްވެވީ މިއަދުގެ ހުކުރު ޚުޠުބާގައެވެ.

އިމާމް ވިދާޅުވީ މުސްލިމުންނަކީ އެހެން މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވާންޖެހޭ ބައެއް ކަމަށާއި އިސްލާމް ދީނުގައި ވަނީ އެކަން ބަޔާންކުރައްވަވާފައި ކަމަށެވެ. ދީލަތިކަން އިތުރުކުރުމަށް އިސްލާމް ދީނުގައި ވަނީ ބާރުއަޅުއްވަވާފައި ކަމަށެވެ.

މަދީނާ އަށް މައްކާއިން މުސްލިމުން ހިޖުރަކުރުމުން ހިޖުރަކުރި މުސްލިމުންނާއިމެދު މަދީނާގެ މުސްލިމުން އަމަލުކުރިގޮތުން އިބްރަތް ލިބިގަތުމަށް އިމާމް ވަނީ ގޮވާލައްވައިފައެވެ. މީގެ އިތުރުން އިސްލާމްކަން ފުރިހަމަކުރުމަށްޓަކައިވެސް ދީލަތިވާންޖެހޭ ކަމާއި އަމިއްލަ ބޮނޑި ބޮޑުކުރަން އުޅުމަކީ މުސްލިމުންގެ ސިފައެއް ނޫންކަންވެސް އިމާމް ވަނީ ބަޔާންކުރައްވައިފައެވެ.
މިއަދު އޮންލައިން