މާސެލޯ ރިއާލްގެ އެއްބަސްވުން އާކޮށްފި.

ކިޔުމަށް ހޭދަވާނީ 1މ 3ސ
މާސެލޯ ރިއާލްގެ އެއްބަސްވުން އާކޮށްފި.
ރިއާލް މެޑްރިޑުގެ ބްރެޒިލް ޑިފެންޑަރ މާސެލޯ ރެއާލް މެޑްރިޑާއި އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.

ބްރެޒިލްއަށް އުފަން އުމުރުން 29 އަހަރުގެ ޑިފެންޑަރ ރެއާލްގެ އެއްބަސްވުން އާކުރީ އިތުރު 5 އަހަރު ރެއާލްގައި މަޑުކުރުމަށެވެ. އެގޮތުން އޭނާ 2022 ވަނަ އަހަރާއި ހަމައަށް ރިއާލް މެޑްރިޑުގައި މަޑުކުރާނެވެ
.
2007 ވަނަ އަހަރު ރިއާލް މެޑްރިޑާއި ގުޅުނު މާސެލޯ ރެއާލްގައި 10 އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ މިހާތަނަށް ރިއާލްއަށް ޖުމްލަ 297 މެޗު ކުޅެދީ 21 ލަނޑު ޖަހައި ދީފައެވެ.

ރިއާލް މެޑްރިޑުން މާސެލޯގެ ކޮންޓްރެކްޓް އާ ކޮށްފައިވާކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އޭނާގެ ކޮންޓްރެކްޓް އާ ކޮށްފައިވާކަމާއި އެކަމާއި ގުޅިގެން ސެންޓިއޭގޯ ބާނެބިއުގައި ހާއްސަ ޕްރެސް އެއް ވެސް ބާއްވާފައިވާނެ ކަމަށެވެ
.
މާސެލޯއަކީ މިހާރު ވެސް ޓީމުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ، ފުރަތަމަ 11 ކަށަވަރު ކުރާ ކުޅުންތެރިޔެކެވެ. އޭނާ އަކީ މިހާރު ރިއާލްގެ ކޯޗު، ޒިދާންގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. އެހެންކަމުން އޭނާ ކޮންޓްރެކްޓް އާކޮށް ކްލަބުގައި 2022 ވަނަ އަހަރާއި ހަމައަށް މަޑުކުރަން ނިންމުން ވެގެންދާނީ ޒިދާންއަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.
މިއަދު އޮންލައިން