އަހަރެންނަކީ ޝެއިމާ ސަލާމް ސޫމަރ އެވެ. އަހަރެންނަކީ އެމެރިކާއަށް އުފަން އަންހެނަކީވެ. މިހާރު އަހަރެން ދިރިއުޅެނީ އުތުރު އިރާޤްގައެވެ. އަހަރެނގެ އުމުރުން 10 އަހަރުން ފެށިގެން ޤަވާއިދުން ނަމާދުކުރަމެވެ. އިސްލާމް ދީން މަތިވެރިކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަންތަކެވެ.
އަހަރެންނަށް ހުވަފެނުގައި ރަސޫލާ މުޙައްމަދު (ﷺ) ފުރަތަމަ ފެނުނީ ކައިވެންޏަށް 2 އަހަރުގައެވެ. އުމުރުން 21 އަހަރުގައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ސައުތު ކެރޮލީނާއަށް ވަޑައިގެން އުޅުއްވާ ކަމުގެ ޚަބަރު ލިބުމުން އިތުރު އެކަލޭގެފާނު ފައިންޕުޅު ދުށުމަށް ދިއައިމެވެ. އަދި އިތުރު އެކަލޭގެފާނާއި 2 ސުވާލެއް ކުރަން ބޭނުން ކަމަށް ބުނެ ފައިންޕުޅު ފެންނާނެ ގޮތް ހަމަޖައްސައިދިނުމަށް އެދުނީމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އާއި ބައްދަލުވިއެވެ. ފައިންޕުޅު ދެއްކެވިއެވެ. އަހަރެން ދެންނެވި ދެ ސުވާލަކީ އަންހެނުން އިސްތަށިގަނޑު ނިވާކުރަން (ބުރުގާ އަޅަން) ޖެހޭތޯ އާއި ފިރިހެނުން ތުނބުޅި ބަހައްޓަންޖެހޭނެތޯއެވެ.
ޖަވާބުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ވިދާޅުވީ މުސްލިމުން ކުރަންޖެހޭ ކަންތައް 3 ބައަކަށް ދަރަޖަކުރެވިފައިވާ ކަމަށެވެ. ބުރުގާ އެޅުމާއި ތުނބުޅި ބެހެއްޓުން ހިމެނެނީ އެއިގެ ތެރެއިން ފުރަތަމަ ބައިގައި ކަމަށެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ބައެވެ.