ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ
.
ރޭގެ މެޗުން ސޮސިއެދާދް ގެ މައްޗަށް ރެއާލް އިން ކުރި ހޯދާފައިވަނީ 1-3 ގެ ނަތީޖާއިންނެވެ.
ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ.
ރާމޯސް ދިން ޕާހަކުން މި ގޯލު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ބޯޖާ މަޔޯރަލްއެވެ
.
ނަމަވެސް މެޗުގެ 28 ވަނަ މިނެޓްގައި ރޮޑްރިގޭޒް ވަނީ ލަނޑެއް ޖަހާ ސޮސިއެޑާޑްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި ރެއާލްއިން ވަނީ މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައެވެ. މި ގޯލަކީ ސޮސިއެޑާޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ
.
އަދި ރެއާލްއަށް ތިން ޕޮއިންޓް މި މެޗުން ހޯދައިދިން ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެރެތް ބޭލްއެވެ
.
ރޭގެ މެޗުން ރެއާލް މޮޅުވިއިރު މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ކްރިސްޓިއާނޯ ރޮނާލްޑޯ އައި މާސެލޯ އަދި އަނިޔާގެ ސަބަބުން ކަރީމް ބެންޒެމާ އާއި ޓޯނީ ކްރޫސް ކުޅެފައެއް ނުވެއެވެ. ނަމަވެސް ފަސް މެޗުގެ ސަސްޕެންޝަނަކަށްފަހު ލީގުގައި ރެއާލްއިން ދެން ކުޅޭ މެޗެއްގައި ރޮނާލްޑޯ ކުޅޭނެއެވެ
.
ރޭގެ މި މޮޅާއެކު ލިބުނު އަށް ޕޮއިންޓާއެކު ރެއާލް އޮތީ ލީގުގެ ހަތަރުވަނައިގައެވެ. ތިންވަނައިގައި ނުވަ ޕޮއިންޓާއެކު ސޮސިއެޑާޑް އޮތްއިރު ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ސެވިއްޔާއެވެ. އަދި ލީގުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ
.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ރެއާލް ބެޓިސްއާއެވެ.