ކަވަހާލްވެސް ރެއާލްގެ އެއްބަސްވުން އާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ކަވަހާލްވެސް ރެއާލްގެ އެއްބަސްވުން އާކޮށްފި
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރ ޑެނީ ކަވަހާލް ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ކަވަހާލް ރެއާލްގެ އެއްބަސްވުން ހޯމަދުވަހު އާކުރިއިރު، އޭނާ މި އެއްބަސްވުމުގައި ސޮއި ކުރުމާއެކު 2022 ވަނަ އަހަރާ ހަމަޔަށް ކަވަހާލް ރެއާލްގައި ދެމިހުންނާނެއެވެ.

ރެއާލްގެ އާ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ކަވަހާލް ބުނީ އެއްބަސްވުން އާކުރަން ފުރުސަތު ލިބުމުން އެކަމާ ވަރަށް ހިންހަމަ ޖެހޭކަމަށާއި އެއީ ވަރަށް މުހިންމު ދުވަހެއް ކަމަށެވެ.

އާ އެއްބަސްވުމުގައި ސޮއިކުރަން ފުރުސަތު ލިބުމަކީ އޭނާގެ ކުރިމަގުގައި އުޖާލާކަން ލިބިގެންދާނެ ކަމެއް ކަމުގައިވެސް އޭނާ ބުންޏެވެ. ކަވަހާލް ބުނީ އޭނާގެ ކުރިމަގު އުޖާލާވިކަން ދޭހަކޮށްދޭ އެންމެ ބޮޑު ހެއްކަކީ އޭނާއަށް ރެއާލްއާއެކު ހުރިހާ ތައްޓެއް ކާމިޔާބު ކުރެވިފައިވުންކަމަށާއި އެހެނަސް އޭނާގެ އުއްމީދަކީ އަދިވެސް ރެއާލްއާއެކު ކާމިޔާބު ހޯދުން ކަމަށް ކަވަހާލް ބުންޏެވެ.

ކަވަހާލް ބުނީ އެހެން ކްލަބުތަކުން ވެސް އޭނާއަށް ހުށަހެޅުންތަށް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެއްވެސް ހުށަހެޅުމަކަށް އޭނާ އިޖާބަ ދިފައިނުވާނެ ކަމަށެވެ. އަދި އޭނާއަށް ކިތަންމެ ބޮޑު މުސާރައެއް އެހެން ކްލަބަކުން ހުށަހެޅި ނަމަވެސް ރެއާލް ދޫކޮށް އެހެން ކުލަބަކަސް ނުދާނެ ކަމަށް ކަވަހާލް ބުންޏެވެ.

2012 ވަނަ އަހަރު ރެއާލްގެ ސީނިއާ ޓީމާ ގުޅުނު ކަވަހާލް ވަނީ މިހާތަނަށް ރެއާލްއާއެކު 11 ތަށި ކާމިޔާބު ކޮށްފައެވެ.

މިއަދު އޮންލައިން