ލެސްޓަރ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި.

ކިޔުމަށް ހޭދަވާނީ 1މ 3ސ
ލެސްޓަރ އަތުން ބަލިވެ ލިވަޕޫލް ކަޓައިފި.
އިނގިރޭސި ލީގް ކަޕްގައި ލެސްޓަރ ސިޓީއަތުން ބަލިވެ ލިވަޕޫލް މުބާރާތުން ކަޓައިފިއެވެ.

ރޭ ކުޅުނު މެޗުން ލެސްޓަރ އަތުން ލިވަޕޫލް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

ލެސްޓަރގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، އެޓީމުން ވަނީ ފުލުފުލުގައި ލެސްޓަރގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުވެސް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފްގައި ލެސްޓަރ އަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވިނަމަވެސް އެޓީމުން ވަނީ މޮޅަށް ޑިފެންސްކޮށް ލިވަޕޫލްއިން ގޯލެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.

މެޗުގެ ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ނިންމާލިއިރު، ދެވަނަ ހާފް ފެށިގެން ލެސްޓަރ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލިވަޕޫލުގެ ގޯލަށް އެޓޭކްތައް ގިނަކޮށްފައެވެ. އެގޮތުން 65 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮކަޒާކީ އެވެ.

ލެސްޓަރގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 78 ވަނަ މިނެޓުގައި އޮކަޒާކީގެ އެހީތެރިކަމާއެކު ސްލިމާނީ އެވެ.

މި ނަތީޖާއާއެކު ލެސްޓަރ ދެން އޮތް ބުރަށް ދަތުރުކޮށްފައިވާއިރު، ލިވަޕޫލް އަށް ވަނީ މުބާރާތް ނިމިފައެވެ. ލިވަޕޫލް އަށް ދެން ކާމިޔާބުކުރެވެން އޮތީ ޕްރިމިއަރ ލީގު، އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގެވެ.

މިއަދު އޮންލައިން