ހަމޭސް ރޮޑްރިގޭޒްގެ ފިޓްނަސް މުޅިން ރަނގަޅު ނޫން ކަމަށާއި އޭނާގެ ފިޓްނަސް ރަނގަޅު ކުރަން ޖެހޭ ކަމަށް ބަޔާން މިޔުނިކްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
ރެއާލް މެޑްރިޑުން ލޯނެއްގެ ދަށުން މިފަހަރުގެ ސީޒަނަށް ބަޔާނަށް ބަދަލުވި ހަމޭސްގެ ކުޅުމަށް އެންޗެލޯޓީ ތައުރީފު ކޮށްފައިވާއިރު، ފައިގެ ފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އަދިވެސް މުޅިން ފުލް ފިޓްނަސް އަށް އައިސްފައި ނުވާ ކަމަށް އެންޗެލޯޓީ ބުންޏެވެ.
"އޭނާގެ ކުޅުން ރަނގަޅު، އެހެން ނަމަވެސް އަހަރެން ގަބޫލު ކުރާ ގޮތުގައި އޭނާގެ ފިޓްނަސް ރަނގަޅު ކުރަން އެބަޖެހޭ އޭނާ ސަތޭކަ ޕަސެންޓު ފިޓެއް ނޫން،" އެންޗެލޯޓީ ބުންޏެވެ.
ޖަރުމަން ބުންޑަސް ލީގާގައި ޝަލްކޭއާ އަތުން 0-3 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ހަމޭސް ވަނީ ލަނޑެއް ޖަހައި އެސިސްޓެއް ވެސް ކޮށްފައެވެ. އެ މޮޅާއެކު ބަޔާން ވަނީ ލީގުގެ އެއްވަނަ މަގާމަށް ޖެހިލާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ބަޔާން އަށް ކާމިޔަބު ކޮށްދިނީ ހުނަރުވެރި ފޯވާޑް ރޮބާޓް ލެވަންޑޮވްސްކީ އެވެ. ދެވަނަ ލަނޑު ހެމޭސް ކާމިޔާބު ކޯށްދިން އިރު، ތިން ވަނަ ލަނޑު ޖަހައިދިނީ އާޓޫރޯ ވިޑާލް އެވެ.