އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފި
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ޝެއިޙް އިމްރާން ގޭބަންދަށް މިއަދު ބަދަލުކޮށްފައިވަނީ ޝެއިޙް އިމްރާންގެ އަނބިކަނބަލުންނަށް ދަރިއަކު ލިބުމާ ގުޅިގެން ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.

އިމްރާން މިދިޔަ ރޯދަ މަހަށް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ރޯދަ މަސް ނިމުމާއެކު އަނބުރާ ޖަލަށް ވަނީ ގެންގޮސްފައެވެ.

މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، ޝެއިޙް އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
މިއަދު އޮންލައިން