މެންޗެސްޓަރ ސިޓީއަށް ފަސޭހަ މޮޅެއް!

ކިޔުމަށް ހޭދަވާނީ 54ސ
މެންޗެސްޓަރ ސިޓީއަށް ފަސޭހަ މޮޅެއް!
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ސިޓީ ރޭ މޮޅުވީ ލީގުގެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސްއާ ބައްދަލުކުރި މެޗުން 0-5 އިންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފްގެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ސިޓީގެ ދެވަނަ ގޯލު މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރަހީމް ސްޓާލިން ކާމިޔާބުކޮށްދިންއިރު މެޗުގެ 59 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ.

ސިޓީގެ ހަތަރުވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބުކޮށްދިންއިރު މިއީ އޭނާ ލީގުގައި ކާމިޔާބުކުރި ހަވަނަ ގޯލެވެ. ސިޓީގެ ފަސްވަނަ ގޯލު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަބިއަން ޑެލްޕްއެވެ.

ސިޓީން ވަނީ އެންމެފަހުން ކުޅުނު ފަސް މެޗުގައިވެސް މޮޅުވެ ޖުމްލަ 22 ގޯލު ކާމިޔާބުކޮށްފައެވެ.

ރޭގެ މި މޮޅާއެކު 16 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ މެންޗެސްޓަރ ސިޓީއެވެ.
މިއަދު އޮންލައިން