ބްރިޖްގެ ޑެކް ނިމެން ދެން މާގިނަ ދުވަހެއް ނެތް

ކިޔުމަށް ހޭދަވާނީ 57ސ
ބްރިޖްގެ ޑެކް ނިމެން ދެން މާގިނަ ދުވަހެއް ނެތް
ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބްރިޖުގެ ސުޕަ ސްޓްރަކްޗާ އަށް ބޭނުންވާ އައިބީމް ތަކުގެ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި، ބްރިޖްގެ ޑެކް ނިމެން ދެން މާގިނަ ދުވަހެއް ނެތް ކަމަށް ހައުސިންގ މިނިސްޓްރީ އިން މައުލޫމާތު ދީފައިވެއެވެ.

އައިބީމްތައް މިހާރު ވަނީ އެއްގަމުން ފެށިގެން މޫދަށް 150 ފޫޓަށް އަޅާފައެވެ. އައިބީމްތައް އެޅުމުން ޑެކް އަޅާ، ޗައިނާގައި ތައްޔާރުކުރަމުން އަންނަ ސުޕަ ސްޓްރަކްޗާ ގެނެސް އަތުރާލާނެއެވެ.

މީގެ އިތުރުން މެއިން ބްރިޖްގައި ހިމެނޭ ބައިގެ ދެފަރާތުގައި ހުންނަ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބުގެ ކޮންކްރީތް މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިގޮތުގައި ބްރިޖުގެ ސުޕަސްޓްރަކްޗާ އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެއެވެ.

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ މަސައްކަށް ޖުމްލަ 200 މިލިއަޏް ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ.

މިއަދު އޮންލައިން