ސިޓީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ !
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓަރ ސިޓީ ވެސް މޮޅުވެއްޖެއެވެ.
ގްރޫޕް އެފްގައި ހިމެނޭ މެންޗެސްޓަރ ސިޓީ ރޭ މޮޅުވީ ޔުކްރޭންގެ ޝަހްތަރު ޑޮނެޓްސްކާ ބައްދަލުކޮށް 0-2 އިންނެވެ.
ސިޓީގެއަމިއްލަދަނޑުގައިރޭކުޅުނުމިމެޗުގައިއެޓީމުގެފަރާތުންރަނގަޅުކުޅުމެއްފެނިގެންދިޔައިރު،މެޗުގެފުރަތަމަހާފުނިމިގެންގޮސްފައިވަނީދެޓީމުންކުރެއެއްވެސްޓީމަކަށްގޯލެއްކާމިޔާބުނުކުރެވިއެއްވަރުވެގެންނެވެ.
ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދިޔަނަމަވެސް ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި ސިޓީއިން ވަނީ އެޓީމުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށް މެޗުގެ ލީޑުނަގާފައެވެ. މި ގޯލް ސިޓީއަށް ކާމިޔާބު ކޮށްދިނީ ޑިބްރެއިނާ އެވެ.
ސިޓީގެ ދެވަނަ ގޯލު މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. މި މެޗުގައި ސިޓީއަށް ޕެނަލްޓީއެއް ވެސް ލިބުނު ނަމަވެސް އަގުއެރޯ ފޮނުވާލި އެ ޕެނަލްޓީ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މޮޅާއެކު ސިޓީ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ޝަހްތަރު އޮތްއިރު ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން އޮތީ ނަޕޯލީއެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ފާނޫޑްއެވެ.