ޕީއެސްޖީން ބަޔާންގެ މައްޗަށް ކުރިހޯދައިފި

ކިޔުމަށް ހޭދަވާނީ 1މ 26ސ
ޕީއެސްޖީން ބަޔާންގެ މައްޗަށް ކުރިހޯދައިފި


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާ ބައްދަލުކުރި މެޗު ޕީއެސްޖީންކާމިޔާބުކޮށްފިއެވެ.

ރޭގެ މެޗުން ބަޔާންގެ މައްޗަށް ޕިއެސްޖީން ކުރިހޯދާފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ޕީއެސްޖީ މިހާރު އޮތީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ބަޔާން އޮތްއިރު ތިންވަނައިގައި އޮތް ސެލްޓިކަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އަންޑަލެހްޓްއެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑުނަގާފައެވެ. ނޭމާ ދިން ޕާހަކުން މި ގޯލު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ ޑެނިއަލް އަލްވޭސްއެވެ.

މި ގޯލަށްފަހު ބަޔާންއިން ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެގޯލަށްނުރައްކާތެރިގިނަހަމަލާތަކެއްފޮނުވާލިނަމަވެސްއެޓީމަށްވަނީޕީއެސްޖީގެގޯލްފޫއަޅުވާލެވޭގޮތްނުވެފައެވެ.
ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ބަޔާންއަށް ނުހިފުނުއިރު މެޗުގެ 31 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ޕީއެސްޖީއަށް މެޗުގެ ލީޑު ފުޅަކޮށްދީފައެވެ. ކަވާނީ މި ގޯލު ކާމިޔާބުކުރީ ބަޔާންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޕީއެސްޖީން ނިންމާލިއިރު ދެވަނަ ހާފްގެ 63 ވަނަ މިނެޓްގައި ނޭމާ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ބަޔާންގެ މައްޗަށް ޕީއެސްޖީން ކުރި ހޯދިއިރު މި ސީޒަނުގައި ޕީއެސްޖީ އަދި މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ

މިއަދު އޮންލައިން