ބާސެލޯނާއަށް އުނދަގޫ މޮޅެއް !

ކިޔުމަށް ހޭދަވާނީ 1މ 10ސ
ބާސެލޯނާއަށް އުނދަގޫ މޮޅެއް !


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ބާސެލޯނާ ކުޅުނުމެޗުންއެޓީމުމޮޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބާސާގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެން ދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައި ވަނީ މެޗުގެ 49 ވަނަ މިނިޓުގައެވެ. މި ލަނޑަކީ މެސީ ނަގައިދިން ހުރަހަކުން ސްޕޯޓިންގެ ޑިފެންޑާ ސެބެސްޓިއަން ކޮއާޓޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑަށް ފަހު ވެސް މޮޅަށް ކުޅެ ގިނައިން ހަމަލާ އުފައްދާފައި ވަނީ ސްޕޯޓިންއިންނެވެ. އެހެނަސް އެ ޓީމަށް މި ހަމަލާތައް ސްޕޯޓިންގްގެ ގޯލްގެތެރެއަށް ވައްދާލެވިފައެއް ނުވެއެވެ.

މި ނަތީޖާއާ އެކު މި ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު އޮތީ ބާސެލޯނާއެވެ. އަދި ތިން ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ސްޕޮޓިންއަށް ދެވަނަ ލިބޭއިރު ހަމަ ތިން ޕޮއިންޓާއެކު އެހެނަސް ލަނޑުގެ ތަފާތުން ތިންވަނަ ލިބެނީ ޖުވެންޓަސްއަށެވެ. މި ގްރޫޕުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ އޮލިމްޕިއާކޯސްއެވެ

މިއަދު އޮންލައިން