އައިޖީއެމްއެޗް އަށް ނަރުހުންނާއި ޑޮކްޓަރުން ހޯދަނީ

ކިޔުމަށް ހޭދަވާނީ 53ސ
އައިޖީއެމްއެޗް އަށް ނަރުހުންނާއި ޑޮކްޓަރުން ހޯދަނީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާނެ ނަރުހުންނާއި ޑޮކްޓަރުން ހޯދަން މިއަދު އިއުލާން ކޮށްފިއެވެ.

އެއިއުލާންގައި ބުނެފައިވަނީ އައިޖީއެމްއެޗް ގައި މަސައްކަތް ކުރާނެ މެޑިކަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ނަރުހުން އަދި އެލައިޑް ޕްރޮފެޝަނަލްސް މަޤާމްތަކުގައި މަސައްކަތް ކުރާނެ ދިވެހި މުވައްޒަފުން ބޭނުންވާ ކަމަށެވެެ.

އައިޖީއެމްއެޗް އިން އިއުލާން ކޮށްފައިވާ މިމަޤާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދު ނޫން ދުވަހެއްގެ މެންދުރުފަހު 14:00 ގެ ކުރިން ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމާއި ޕްރެކްޓިސިންގ ލައިސެންނާއި ރެޖިސްޓްރޭޝަންގެ ކޮޕީ، ސީވީ އަދި ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ ސެޓްފިކެޓްތަކުގެ ކޮޕީ އެހޮސްޕިޓަލުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ފޮނުވުމަށް އެއިއުލާންގައި ބުނެފައިވެއެވެ.

މީގެއިތުރުން އެއިއުލާނުގައި ބުނެފައިވަނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސަވާ ދެވޭނީ ހޮސްޕިޓަލުގައި ހުސް މަޤާމެއް އޮތުމައިއެކު ބަޖެޓް ހަމަޖެހިފައިވާނަމަ ކަމަށެވެ.
މިއަދު އޮންލައިން