ޤިޔާމަތް ދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ފައިންޕުޅު ދެކެން ބޭނުންތަ؟- އަމަލުކުރަންވީ ގޮތް ވިދާޅުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޤިޔާމަތް ދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ފައިންޕުޅު ދެކެން ބޭނުންތަ؟- އަމަލުކުރަންވީ ގޮތް ވިދާޅުވޭ!
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހުވަފެނުގައި މީހަކަށް ފެނިއްޖެނަމަ އެމީހަކަށް ޤިޔާމަތް ދުވަހުން އެ މާތް ނަބިއްޔާ ފެންނާނެއެވެ. އެ މާތް ނަބިއްޔާއަށް ހެދިގެން އިބިލީހަކަށް ހުވަފެނެއް ނުދެއްކޭނެއެވެ. އެހެންކަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހުވަފެނުން ފެނުމަކީ ކޮންފަދަ ބޮޑު ނަޞީބެއްތޯއެވެ!

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހުވަފެނުގައި ދެކެން ބޭނުންނަމަ ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ. ފުރަތަމަ ކަމެއްގެ ގޮތުން ކުރަން އޮތް ކަމަކީ ހިތް ޠާހިރުކޮށް އިސްލާމީ ނޫރުން ފުރައިލުމެވެ.

އަޅުގަނޑުމެންގެ ހިތްތަކުގައި ޝައިޠާނީ އެތައް ކަންތައްތަކެއް ހުރެއެވެ. އެކަންތައްތައް ހިތުގެ ތެރެއިން ނެރެ ބޭރުކޮށްލަން ޖެހެއެވެ. އެ ހިތް ފުރާލަންވީ މާތް އަށާއި އިތުރު ނަބިއްޔާއަށް އޮތް ލޯބިންނެވެ. އެކަން ކުރެވޭނީ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެގެންނެވެ. މާތް ﷲ ގެ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކޮށްގެންނެވެ.

ދެން ކުރެވިދާނެ ކަމަކީ ކައުއިތުރު ރަސޫލާގެ ސިޔަރަތު ހިތަށް ވެއްދުމެވެ، ހަދީޘްފުޅުތައް ދަސްކުރުމެވެ. އެމާތް ނަބިއްޔާ އެންގެވި ގޮތަށް އަމަލުތައް ބެހެއްޓުމެވެ. ވީހައި ގިނައިން އެ މާތް ނަބިއްޔާގެ މަތިން ހަނދުމަ ކުރުމެވެ. ކޮންމެ ދުވަހަކުވެސް ކައު އިތުރު ރަސޫލާގެ ސިޔަރަތާއި ހަދީޘްފުޅުތައް ކިޔުމެވެ.

އިތުރު އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށް ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ހަރާމް ހަލާލަށް ރައްކައުތެރިވާށެވެ. ސުންނަތަށް އަމަލުކުރުމުގައި ފޭލްނުވާށެވެ. ވީހައި ގިނައިން އިތުރު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޝަޚްޞިއްޔަތާއި ބެހޭގޮތުން އިމާމް ތިރްމިޒީ ވަނީ ވަރަށް މުހިންމު ބަޔާންތައް ފޮތުގައި ލިޔުއްވައިފައެވެ. އެފަދަ ލިޔުންތައް ގިނަގިނައިން ކިޔާށެވެ. ވީހައި ގިނައިން ކައު އިތުރު ރަސުލާ މުޙައްމަދު (ޞޢވ) އާއިބެހޭ މައުލޫމާތު ހޯދާށެވެ.

ހަމައެއާއިއެކު ގާތް މީހުންނާއި އެކުވެރިންނަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތަށް އަމަލުކުރާ ތަޤްވާވެރިން ކަމަށް ހަދާށެވެ. ސުންނަތް ނަމާދުކުރުން ގިނަކުރާށެވެ.

މައުޟޫޢާއި ގުޅޭ މުހިންމު ވީޑިއޯއެއް:
މިއަދު އޮންލައިން