ބޭސްފަރުވާއަށް ސްރީލަންކާގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަޚްލޫފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
މަޚްލޫފު ވިދާޅުވީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ފިއްލަވަން އުޅޭ ކަމަށްތުހުމަތުކޮށް ކަމަށެވެ. އަދި އެކަމުގެ ކޯޓު އަމުރު އޭނާގެ ގެއަށް އިއްޔެފުލުހުން ފޮނުވާފައިވާ ކަމަށެވެ.
"އަޅުގަނޑަކީ ފިލާނެ މީހެއް ނޫން. އިސްލާހީ މަސައްކަތް ކުރެވޭނީ ރާއްޖޭގައި ހުރެގެން. އެއްދުވަހުން އަނެއް ދުވަހަށް އެކަންދާނީ ކުރިއަށް" މަޚްލޫފް ވިދާޅުވިއެވެ.
މިދިޔަ ޖުލައި 31 ވަނަ ދުވަހު ސިފައިންގެ ޤާނޫނީވާޖިބަށް ހުރަސްއަޅައި މަޖިލިސް މެމްބަރުން ސިފައިންނާ މެދު މާރާމާރީހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން މީގެކުރިންވެސް ވަނީ އޭނާގެ ޕާސްޕޯޓު އެއްމަސްދުވަހަށް ހިފަހައްޓާފައެވެ. އެހެންނަމަވެސް އެ މައްސަލައާގުޅިގެން އެއްވެސް ތަހުގީގެއް ހިންގާފައިނުވާ އިރު، ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.
މަޚްލޫފުގެ އިތުރުން އެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިންއަރީފް ފުލުހުންގެ އިދާރާ އަށް މާދަމާ ހާޒިރުވާން ވަނީ އަންގާފައެވެ.