ކޮންމެ ދުވަހެއްގެ ޢަޞްރު ނަމާދަށްފަހު މަހާނައެއް ހުޅުވެއެވެ. އެ މަހާނައިން ތެދުވަނީ ހިމާރެއްގެ ބޯހުރި މީހެކެވެ. ހަށިގަނޑު ހުންނަނީ އިންސާނެއްގެ ސޫރައިގައެވެ. މަހާނައިން ތެދުވެ ހިމާރެއްގެ އަޑު 3 ފަހަރު ލެއްވުމަށްފަހު އޭނާ މަހާނައިގެތެރެއަށް ގެނބިގެންދެއެވެ.
އެމީހާ އާއިމެދު އެ ސަރަހައްދުގެ މީހުން ބުނަނީ އޭނާއަކީ ބަނގުރާ ބޯ މީހެއް ކަމަށާއި ބޮއިގެން ގެއަށް ދިއުމުން އެފަދަ ކަންކަން ނުކުރުމަށް މަންމަ ނަބޭޙަތް ދިނުމުން އޭނާ ބުނަނީ ހިމާރެއްގެ އަޑު ނުނެރެ މަޑުން ހުރުމަށް ކަމަށެވެ.
މިއީ ވަރަށް ކުރީ ޒަމާނުގައި ހިނގާފައިވާ ކަމެކެވެ. މިއަދު އަޅުގަނޑުމެން ވިސްނަންވީ މިއަދުވެސް އަޅުގަނޑުމެންގެ މައިންނާއި ދިމާއަށް ބުނަމުން މިގެންދާ ބަސްތަކަށެވެ. ހަޤީޤަތުގައި އެދުވަހު އޭނާގެ މަންމަ އާއި ދިމާއަށް އޭނާ ބުނި ބަސްތަކާއި މިއަދު އަހަރެމެންގެތެރެއިން ބައެއް މީހުން އެމީހުންގެ މައިންނާއި ދިމާއަށް ބުނަމުން ގެންދާ ބަސްތަކާއި ހުރީ ކޮންތަފާތެއް ހެއްޔެވެ؟
ޙާލަތު ބަދަލުވަމުން އައިސް އުމުރުން އެންމެ 5 އަހަރުގެ ކުދިންވެސް ދަނީ މައިންގެ ބަސްތަކަށް ރައްދު ދެމުންނެވެ. ބިރުވެތިވާށެވެ. މާތް ﷲ ގެ ޙަޟްރަތުން ލިބިދާނެ ކޯފާއަށް ވިސްނާށެވެ.
ގުޅުންހުރި ވީޑިއޯ: