ވީޑިއޯ: ކުށްކުރުން ހުއްޓާލުމަށްފަހު ނަމާދުކުރަން ފަށަން މަޑުކުރާ މީހަކަށް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ވީޑިއޯ: ކުށްކުރުން ހުއްޓާލުމަށްފަހު ނަމާދުކުރަން ފަށަން މަޑުކުރާ މީހަކަށް ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ
ގިނަ މީހުންނަކީ ކޮންމެވެސް ކުށެއް ކުރާ ބައެކެވެ. އަދި ގިނަ ބައަކު މަޑުކޮށްގެން ތިބެނީ ކުށްކުރުން ހުއްޓާލުމަށްފަހު ނަމާދުކުރަން ފެށުމަށެވެ. ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ތިމާއަކީ ކޮންމެ ފަދަ ކުށެއް ކުރެވޭ މީހެއް ނަމަވެސް ނަމާދުކުރަން ފަސް ނުޖެހޭށެވެ. ނަމާދުކުރާށެވެ. ޤަވާއިދުން ނަމާދުކުރާށެވެ. ބައެއް މީހުން ކަލެއަކީ މުނާފިޤެއް ކަމަށް ބުނެފާނެއެވެ. އެކަމަށްވެސް ފަސް ނުޖެހޭށެވެ. އިޚްލާޞްތެރިކަމާއެކު ނަމާދުކުރާށެވެ. ޤަވާއިދުން ނަމާދުކުރާނަމަ އެމީހަކަށް މާތްﷲ ތެދުމަގު ދައްކަވާނެއެވެ.

ތިބާއަކީ ފުރިހަމައަށް ހެދުން ނުއަޅާ މީހަކަށް ވެދާނެއެވެ. ފަސް ނުޖެހޭނެށެވެ. ނަމާދުކުރާށެވެ. ރަނގަޅު ގޮތުގައި ނަމާދުކުރާށެވެ. ސަޖިދައިގައި އޮންނަ ވަގުތަކީ މާތްﷲ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. އެ ވަގުތުގައި ފާފަ ފުއްސެވުން އެދި ދުޢާކުރާށެވެ. މާތްﷲ ގެ ޙަޟްރަތުން ތެދުމަގަށް އެދޭށެވެ. ހަޔާތުގައި އުފާވެރިކަން ލިބޭނީވެސް އެއިރުންނެވެ.

ވިސްނާށެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާއިމެދުގައެވެ. އެސުވާލުން ސަލާމަތްވާން މަސައްކަތްކުރާށެވެ. އެހެން ނޫނީ އެއްވެސް ސަލާމަތްކަމެއް ނެތެވެ.

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން