ބަޖެޓް ފާސްކޮށްދޭނަން- 2 މަސް ދުވަސް ތެރޭ އެމްއޯޔޫ އުވިގެންދާނެ: ރިކޯ މޫސަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ބަޖެޓް ފާސްކޮށްދޭނަން- 2 މަސް ދުވަސް ތެރޭ އެމްއޯޔޫ އުވިގެންދާނެ: ރިކޯ މޫސަ
އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓް މަޖިލީހުން ފާސްކޮށްދެއްވާނެ ކަމަށާއި 2 މަސް ދުވަހުގެ ތެރޭގައި އިދިކޮޅު އެމްއޯޔޫ އުވި ނެތިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައިސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި މޫސާ މަނިކު ވިދާޅުވީ އިދިކޮޅުގައި ތިބީ ވެރިކަން ނުލިބި ގޮތް ހުސްވެ "ހޭބަލިވެގެން" އުޅޭ ބައަކު ކަމަށާއި އަމިއްލަ އެދުންތަކުން ފުރިގެން ތިބި ބައަކު ކަމަށެވެ.



މިރޭ ވެސް މޫސާ މަނިކު ވިދާޅުވީ ރާއްޖެއާއި ކުރިމަތިވެގެން އުޅޭ މައްސަލައަކީ ވެރިކަން ބޭނުންވެގެން ތިބި މީހުންގެ އަދަދު ގިނަވުން ކަމަށެވެ. ޤައުމުގައި ހަމަނުޖެހުން އުފައްދަނީ އެހެންވެގެން ކަމަށެވެ. އޭނާއަކީވެސް ވެރިކަން ބޭނުންފުޅު ބޭފުޅެއް ކަމަށެވެ.

ބައްޔެއްވާއިރަށް އަވަށްޓެރި ޤައުމުތަކަށް ދަނީ ބަރަހަނާ ދައްކަން ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކާއިއެކު ރާއްޖޭގައި ތިބެގެން ބަރަހަާ ދެއްކުން މާރަނގަޅުވާނެ ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ.
މިއަދު އޮންލައިން