ސަޑިއޯ މާނޭ އަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާ ދުރަށް

ކިޔުމަށް ހޭދަވާނީ 59ސ
ސަޑިއޯ މާނޭ އަށް އަނިޔާވެ ހަ ހަފްތާއަށް ކުޅުމާ ދުރަށް

އަނިޔާގެ މައްސަލަ ކުރިމަތިވެ، ސެނެގާލްއާއި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ހަ ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މާނޭއަށް އަނިޔާވީ ވޯލްޑް ކަޕް ކޮލިފައިންގައި އެނެމްފަހުން ކޭޕް ވާޑްއާ ދެކޮޅަށް ކުޅެ 0-2 ސެނެގާލް މޮޅުވި މެޗުގައެވެ.

މިކަން ލިވަޕޫލުން ކަށަވަރުކޮށްދީފައިވާއިރު، މާނޭ ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އެ ކްލަބަށް ލިބޭނެ ފޫނުބެއްދޭ ވަރުގެ ދެރައެކެވެ. އެގޮތުން ލިވަޕޫލް އިން ކުޅޭ ބައެއް މުހިއްމު މެޗުތަކުގައި މާނޭއަށް ނުކުޅެވޭނެއެވެ. އޭގެތެރޭގައި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމްގެ އިތުރުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އިން ކުޅޭ ބައެއް މެޗުތަކުގައި ވެސް މާނޭއަށް ނުކުޅެވޭނެއެވެ.

މީގެއިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސެނެގާލް އިން ކުޅޭ ފަހު ދެ މެޗުގައި ވެސް މާނޭއަށް ނުކުޅެވޭނެއެވެ. އެ ދެ މެޗަކީ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސެނެގާލްއަށް މޮޅުވުން ވަރަށް މުހިއްމު ދެ މެޗެވެ.

މާނޭއަކީ ލިވަޕޫލްގެ ކުރީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއަކަށް ވާއިރު، އޭނާ ނެތުމަކީ ފޫބައްދަން އުނދަގޫ ކަމަކަށް ވާނެއެވެ. ލިވަޕޫލް މިވަގުތު އޮތީ 12 ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައެވެ.

މިއަދު އޮންލައިން